އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީސީ އިން ކުރަން ޖެހޭ މަސައްކަތްތައް މުލިއާގޭގައި އެބަކުރޭ – ފިޔަވަޅު އަޅަންޖެހޭ: ޝިފާޒް

އީސީ އިން ކުރަން ޖެހޭ މަސައްކަތްތައް މުލިއާގޭގައި އެބަކުރޭ – ފިޔަވަޅު އަޅަންޖެހޭ: ޝިފާޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ސެޕްޓެމްބަރ 23 ގައި ބާވާ ރިޔާސީ އިންތިޚާބާ ދިމާކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރަން ޖެހޭ މަސައްކަތްތައް މުލިއާގޭގައި ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ މަސައްކަތްތައް މުލިއާގޭގައި ކުރަމުން ދާކަމުގެ މައުލޫމާތާގުޅިގެން ކަމާ ބެހޭ މިނިވަން މުއައްސަސާތަކުން އެކަން ބަލައި، އެކަމާ ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށްވެސް ޝިފާޒް ވަނީ އެދިވަޑައިގެންފަ އެވެ.

ޝިފާޒް ވިދާޅުވީ ދެ ފުށް ފެންނަ، އިންސާފުވެރި އިންތިޚާބެއް ހޯދަން މަސައްކަތް ކުރާ ބަޔަކަށް ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރާކަމަށާޢި އަދި އެ ތަނުގައި މަސައްކަތް ކުރާނީ ކޮންބައެއްކަން އެބަ އެނގޭކަމަށެވެ.

ވޯޓްލާ މަރުކަޒުގައި ޓެބްލެޓް މެދުވެރިކޮށް ވޯޓްފޮށީގެ ނަތީޖާތައް ޢިއުލާން ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވުމުން ޝިފާޒް ވިދާޅުވީ އޭނާ އެކަމާ ދެކޮޅު ހައްދަވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް އިޝާރާތް ކުރައްވާ ޝިފާޒް ވިދާޅުވީ، "ޓެބްލެޓުން އަންނަ ނަތިޖާ ޝީޓަށް އަޅުގަނޑުމެން ބަރޯސާއެއް ނުވާނަން. ގަލަމަކުން، ނަތީޖާ ގުނާފައި ލިޔަން ނޭނގޭ ނަމަ، ތިކަން ނުކުރަންވީ ޝަރީފް. ތިޔަ ކުރައްވަން އުޅުއްވާ ކަންކަން އެނގޭތި މި ދަންނަވަނީ،" އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަސް އިދިކޮޅު ފަރާތްތަކުން ކުރިމަތިލި އިރުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އިލެކްޝަންސް ކޮމިޝަން ކަމަށް ޝިފާޒު ވިދާޅުވެފައި ވެއެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން، އެ ކަންކަމަށް ހައްލެއް ހޯދުމަށް މަސައްކަތް އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ބޭވުމަށް މަހެއްހައި ދުވަހަށް ވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ ވޯޓުލާ ފޮށިތަކާއި ބޫތުތައް ރަށްރަށަށް ފޮނުވަމުންނެވެ. މި އިންތިހާބުގައި 491 ވޯޓު ފޮށި ބަހައްޓަން އެ ކޮމިޝަނުން ނިންމާފައި ވާއިރު އޭގެ ތެރެއިން 43 ފޮށި ރިސޯތަކާއި ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގައި ބެހެއްޓިގެން ދާނެއެވެ.

މިއަހަރުގައި އާމުކޮށްފައިވާ ވޯޓް ރަޖިސްޓްރީގައިވާ ގޮތުން މި އިންތިޚާބުގައި 263،183 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް