އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިހާ ވަގުތުން ފެށިގެން އެސްފީނާ އިން ދަރިފުޅު ސަލާމަތް ކުރަން މަސައްކަތްކުރަން ޖެހޭނެ.

ވިހާ ވަގުތުން ފެށިގެން އެސްފީނާ އިން ދަރިފުޅު ސަލާމަތް ކުރަން މަސައްކަތްކުރަން ޖެހޭނެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

ތުއްތު ކުދިންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެސްފީނާގެ މައްސަލަތަކެވެ. އުފަންވާ ވަގުތުގައިވެސް އެސްފީނާގެ އަސަރު ކުރެއެވެ. އުފަންވުމުން "ލޯބިން" ފުރަތަމަ އުރާލާ މީހެއްގެ ކިބައިންވެސް އެސްފީނާގެ އަސަރުކޮށްފާނެއެވެ. ނުވަތަ އެސްފީނާ ޖެހިދާނެއެވެ.

ބޭރުން ފެންނަ ގޮތަށް ލައިގެން ހުންނަ ހެދުން ކިތަންމެ ރީތިވެފައި މޫނުމަތިން ކިތަންމެ ބޮޑު ހިނިތުންވުމެއް ދައްކައިގެން ހުރިނަމަވެސް ހިތުގައި ހަސަދަވެރިކަމެއް އޮތްނަމަ އެސްފީނާގެ އަސަރު ކުއްޖާއަށް ކޮށްފާނެއެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެސްފީނާގެ އަސަރުކުރާނީ ބޭރުން އަންނަ މީހެއްގެ ސަބަބުން ކަމަށެވެ. ބޭރުން އަންނަ މީހެއްގެ އިތުރުން ޚުދު ތިމާގެ އަމިއްލަ ޢާއިލާގެ ތެރެއިންވެސް މިފަދަ ކަމެއް މެދުވެރިވެދާނެއެވެ. މެދުވެރިވެފައި އެބަހުއްޓެވެ.

ދިރިއުޅޭގެއަކީ ތޮއްޖެހިފައިވާ ގެއެއް ނަމަ ކުއްޖަކު އިތުރުވުމުން ފޯރާނެ އުނދަގޫތަކަށް ބަލައިވެސް ޢާއިލާގެ މީހަކު ހަސަދަވެރިވެދާނެއެވެ. ތިމާއަށް ލިބިފައިވާ ދަރިފުޅަށްވުރެ ދޮންވެފައި ރީތިވި ނަމަވެސް ހަސަދަވެރިވެދާނެއެވެ. ތިމާމެން ދެމަފިރިންނަށްވުރެ ލޯބިން ދިރިއުޅޭ ދެމަފިރިއަކަށް ކުއްޖަކު ލިބުމުން ފެންނަ މަންޒަރު ތަކަށްވެސް ހަސަދަވެރިވެދާނެއެވެ. ތުއްތު ކުދިން އުފަންވުމުން އެކުދިންނަށް ޢާއިލާގެ ތެރެއިން މިފަދަ އެތައް ތަފާތު ކަންތައްތަކެއް މެދުވެރިވެއެވެ.

ހިތާމަކުރަމުން ނަމަވެސް ބުނަން ޖެހެނީ މިފަދަ ހަސަދަވެރިކަން ގިނައިން ފެނިގެންދަނީ ޢާއިލާގައި ތިބޭ އަންހެނުންގެ ތެރެއިން ކަމަށެވެ. ޚާއްޞަކޮށް ފަހަރިންގެ ކިބައިން ކަމެވެ. މީގެ މާނައަކީ ކޮންމެ ފަހަރިއަކީ އެފަދަ އަންހެނަކަށް ވުމެއް ނޫނެވެ. އަމިއްލަ ދައްތައިން ކޮއްކޮއިންނަށްވުރެ ހެޔޮ، އޯގާތެރި ފަހަރިން ތިބޭކަން އެއީ ވެސް ހަމަ ފާހަގަކުރަންޖެހޭ ކަމެކެވެ.

ކޮންމެއަކަސް އެސްފީނާގެ މައްސަލައަކީ އެންމެ ބޮޑު އެއް މައްސަލައެވެ. ކުއްޖާއަށް އުނދަގޫތައް ކުރިމަތިވެ ގޮތްގޮތްވާން ފެށުމުން ފުރަތަމަ ދައްކަނީ ޑޮކްޓަރުންނަށެވެ. ކިތަންމެ ވަރަކަށް ޑޮކްޓަރުންނަށް ދެއްކި ނަމަވެސް އެސްފީނާއަށް ޝިފާއެއް ނުލިބެއެވެ. ކިތަންމެ ގިނަ ޓެސްޓައް ކުރި ނަމަވެސް އެއްވެސް ލެބޯޓަރީއެއްގައި ކުރާ އެއްވެސް ތަޙްލީލަކުން އެސްފީނާގެ އަސަރު ހޯދޭނެ ގޮތެއްވެސް ނެތެވެ.

ވީމާ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކި އުފަންވާ ވަގުތުންވެސް އެސްފީނާއިން ސަލާމަތްކުރަން މަސައްކަތްކުރުމެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ވެސް ކުރަންޖެހޭނެ ކަމަކީ މައިން ބަފައިންގެ ތަޤްވާވެރިކަން އިތުރުކުރުމެވެ. ނިފާސް ކަމުގެ މުއްދަތުގައި މައިމީހާއަށް ނަމާދު ނުކުރެވުނު ނަމަވެސް ޛިކުރު ކުރެވޭނެއެވެ. ބައްޕައަށް ނަމާދުކުރުމާއި ހުރިހާ ކަންކަން ވެސް ކުރެވޭނެއެވެ.

ދަރިފުޅަށް ކޮންމެ ޚިދުމަތެއް ދިން ނަމަވެސް ބިސްމިﷲ ކިޔުމަކީ ވަރަށް މުހިންމު ކަމެކެވެ. ގާތުން ދިން ނަމަވެސް ބުއްފުޅީގައި ދިން ނަމަވެސް ބިސްމިﷲ ކިޔަން ހަނދާން ނައްތައި ނުލާށެވެ. އެސްފީނާއަށް ކިޔަންޖެހޭ ޛިކުރުތައް ކުއްޖާއަށް އަޑުއިއްވައިގެން ކިޔަމުން ގެންދާށެވެ. ކީރިތި ޤްރްއާނުގެ އަޑު ގިނަގިނައިން ކުއްޖާއަށް އިއްވާށެވެ. ވަސީލަތެއް މެދުވެރިކޮށްގެން އަޑު އިއްވުމަށްވުރެ އަނގައިން ކިޔަވާ އަޑުގެ ފައިދާ މާބޮޑުވާނެކަން ހަނދާނުގައި ބަހައްޓާށެވެ. އަދި އެސްފީނާއިން ސަލާމަތް ކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ.

ގެއިން ބޭރަށް އެންމެ މިނިޓަކަށް ނެރޭނަމަވެސް ކުރަންޖެހޭ ޛިކްރުތައް ކުރަން ވަރަށް ބޮޑަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ބޭރުގައި އުޅުނު ނަމަވެސް އިރު އޮއްސުމުގެ ކުރިން ގެއަށް ދަރިފުޅު ވައްދާށެވެ. މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދު ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކުދިން ގެއިން ބޭރަށް ނުނެރޭށެވެ.

މީހުންނަށް އައިސްފައިވާ ބަދަލުތަކާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއިއެކު ރޫޙާނީ ކަންކަމަށް ދެވޭ ސަމާލުކަން މިވަނީ ވަރަށް ބޮޑުތަން ކުޑަވެފައެވެ. ނަމަވެސް އެއީ ރަނގަޅު ބަދަލެއް ނޫނެވެ. ރޫޙާނީ ކަންކަމަށް ދޭންޖެހޭ ސަމާލުކަން އަބަދުވެސް ދޭންޖެހޭނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







2018-08-25 18:21:18

V rangalhu vaahakaeh


އަބްދުއްލަތީފް