އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަމު ނަމާދު ޢިޝާ ނަމާދަށްފަހުވެސް ކުރެވިދާނެ: ޑރ. އިޔާޟް

ދަމު ނަމާދު ޢިޝާ ނަމާދަށްފަހުވެސް ކުރެވިދާނެ: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ދަމު ނަމާދު އަވަހަށް ކުރަން ބޭނުން މިހާއަށް ޢިޝާ ނަމާދަށްފަހު ވެސް ކުރެވިދާނެއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ދަމު ނަމާދުކުރުން ރޭ ގަނޑުގެ 3 ބައިން ފަހު ބައިގައި ކުރަނީ އެ ވަގުތަކީ ﷲ ތަޢާލާ ފައިބައި ވަޑައިގަންނަވާ އެންމެ ތިރީ އުޑަށް ފައިބައި ވަޑައިގެން "މީސްތަކުންގެ ތެރެއިން އެކަލާނގެ ހަޟްރަތުން ކަންކަމަށް އެދޭ މީހުންނަކީ ކޮބައިތޯ؟ ފާފަތަކަށް ޢަފޫކޮށް ދެއްވެވުމަށް އެދެނީ ކޮންބައެއްތޯ؟ ސުވާލުކުރައްވަވާ ވަގުތު" ކަމަށްވާތީ އެވަގުތުގައި ދަމު ނަމާދުކޮށް ދުޢާ ކުރުމުގެ ބޭނުމުގައެވެ.

ދަމުނަމާދުގެ ވަގުތު ވަނީ އިޝާ ނަމާދުން ފެށިގެން ފަތިސްވުމާއި ހަމައަށް ދެމިގެންނެވެ. ދީނީ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ދަމު ނަމާދުކުރަން އެންމެ ރަނގަޅު ގޮތަކީ ރޭގަނޑުން ބައެއްގައި ނިދުމަށްފަހު ހޭލައި ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ނުކުރެވޭ މީހާ ޢިޝާ ނަމާދުން ފެށިގެން ފަތިސްވުމާއި ހަމައަށް ކޮންމެ ވަގުތަކު ކުރި ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ.

ރާއްޖެއަށް ބަލައިފިނަމަ ރަމަޟާން މަސް ނޫން މަސްތަކުގައި ގިނަ ބައަކު ދަމު ނަމާދުކުރަނީ ފަތިސް ވަގުތު ޖެހުމުގެ ކުރިން މިސްކިތަށް ގޮހެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް