އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ޞާލިޙް މީހަކު ނަމަވެސް މަރުވުމުން އިވޭނީ ﷲ އިއްވެވި އަޑެއް- އެނޫން އަޑެއް ނީވޭނެ

ކިތަންމެ ޞާލިޙް މީހަކު ނަމަވެސް މަރުވުމުން އިވޭނީ ﷲ އިއްވެވި އަޑެއް- އެނޫން އަޑެއް ނީވޭނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ކިތަންމެ ޞާލިޙް މީހަކު ނަމަވެސް މަރުވުމުން އެމީހަކަށް އިވޭނީ ﷲ ތަޢާލާ އިއްވެވި އަޑެކެވެ. އިތުރު އެއްވެސް އަޑެއް ނުއިވޭނެއެވެ.

މިސާލަކަށް ޖަނާޒާގައި ބައިވެރިވި މީހުންގެ ފިޔަވަޅުގެ އަޑު އިވޭނެއެވެ. އެކަން އެނގެނީ ޙަދީޘުންނެވެ. ސަހަރާތަކަށް ވަންނައިރު ކުރާ ސަލާމުގެ އަޑު އިވޭނެއެވެ. އެކަންވެސް އެނގެނީ ހަދީޘުންނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ކިޔަވާ ޞަލަވާތް އިތުރު އެކަލޭގެފާނަށް ލިބިވަޑައިގަންނަވާނެއެވެ. އެކަންވެސް އެނގެނީ ހަމަ ޙަދީޘްފުޅުންނެވެ.

އިންސާނާ މަރުވުމުން އޭނާގެ ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތް ހުއްޓެއެވެ. އެހިސާބުން އޭނާ އެވަނީ މީސްތަކުންނާއި ހުރިހާ ގޮތަކުން ގުޅުން ކެނޑިފައެވެ. ދެން އޭނާ އާއިމެދު ހިނގާ ހުރިހާ ކަންކަން ހިނގަމުންދާނީ ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވި ގޮތަކަށެވެ.

ބައެއް މީހުން ސުވާލުކުރެއެވެ. ސަހަރާއަށް ވަދެ ކުރާ ސަލާމުގެ އަޑު އިވޭއިރު ދެން ދައްކާ ވާހަތަކުގެ އަޑު ނުއިވެންވީ ކީއްވެގެން ހެއްޔެވެ؟ މިސުވާލު ކުރުމަށްފަހު ގޮސް މަހާނަ ކައިރީ ހުއްޓި ތަފާތު ވާހަކަތައްވެސް އެބަ ދައްކައެވެ. މިއީ ކުރާ ވަރަށް ގޯސް ކަމެކެވެ. އެހެނީ އެފަދަ އެއްވެސް ވާހަކައެއްގެ އަޑު މަރުވެގެން ވަޅުލެވިފައިވާ މީހާއަށް އިވޭނެ ކަމުގެ އެއްވެސް ހެއްކެއް ދަލީލެއް ނެތެވެ. ކީރިތި ޤްރްއާނުން އަދި ޙަދީޘުން އެނގެން ނެތުމުންނެވެ.

ދުނިޔަވީ މިސާލެއް ބުނެލަން ހެއްޔެވެ؟ ރޭޑިއޯއެއް ހުޅުވައިގެން ތަފާތު ފްރިކްއެންސީތަކުން އަޑު އެހިދާނެއެވެ. ނަމަވެސް އެއް ފްރިކްއެންސީއަކުން އަޑުއަހާއިރު އެހެން ފްރިކްއެންސީތަކުގެ އަޑެއް ނުއިވޭނެއެވެ. މަރުވުމުންވެސް މިވަނީ އެފަދަ ގޮތެކެވެ. އިވޭނީ ﷲ ތަޢާލާ މިންވަރުފުޅު ކުރެއްެވެވި އަޑެކެވެ.

ރޭޑިއޯ އިން އަޑުއަހާއިރު ބައެއް ފަހަރު ފްރިކުއެންސީއަކުން އަޑު އަހަމުން ގެންދާއިރު އެހެން ފްރިކްއެންސީއެއްގެ އަޑު އަރައިފާނެއެވެ. އެއީ އެ އުފެއްދީ އިންސާނުން ކަމަށްވެފައި ބޭނުން ކުރަނީ އިންސާނުން ކަމަށްވާތީ ހުންނަ އުނި ކަންތައްތަކެއްގެ ސަބަބުންނެވެ.

ނަމަވެސް މަރުވުމުން މިފަދަ ގޮތެއް މެދުވެރިއެއް ނުވާނެއެވެ. އެހެނީ މަރުވުމުން ހުރިހާ ގޮތްތަކެއް، ހުރިހާ ކަންކަމެއް މިންވަރުފުޅު ކުރައްވަވަނީ ﷲ ތަޢާލާ ކަމަށްވާތީއެވެ. ﷲ ތަޢާލާ ކަމަކަށް މިންވަރުފުޅު ކުރެއްވެވުމުން އެކަން އެހެން ގޮތަކަށް ބަދަލު ނުވާނެތީއެވެ.

މިބާވަތުގެ ކަންކަމުގައި ކީރިތި ޤްރްއާނާއި ޙަދީޘުން އެނގެން ނެތް އެއްވެސް ކަމެއް ޤަބޫލުކުރުމެއް ނެތެވެ. ޤަބޫލުކުރާނަމަ އެކަން ވާނީ ބާޠިލު ކަމަކަށެވެ. އެހެންކަމާއިއެކުވެސް މަހާނަ ކައިރިއަށް ގޮސް އެކިއެކި ކަންކަމު އެދޭ މީހުންވެސް އެބައުޅެއެވެ.

ނިކަން ވިސްނައިބަލާށެވެ. އަވަހާރަވުމަށްފަހު ދަރިކަނބަލުން ފާޠިމަތުގެފާނަށް ނަމަވެސް އެއްވެސް ކަމެއް ކޮށް ނުދެއްވެވޭނެކަމަށް ﷲ ތަޢާލާ ހުރިހާ ގޮތަކުން އެންމެ މާތް ކުރެއްވެވި މިއުންމަތުގެ ސާޙިބާ، ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިއިރު އާދައިގެ އިންސާނަކަށް އެމީހާ މަރުވުމަށްފަހު އެހެން މީހަކަށް ކަމެއް ކޮށްދެވޭނީ ކިހިނަކުން ހެއްޔެވެ؟

ވީމާ ކަންކަން ކުރާއިރު ކީރިތި ޤްރްއާނާއި ޙަދީޘްފުޅުތަކުން ހާމައަށް ފެންނަން ހުރި ހެކިތަކާއި ދަލީލުތަކުގެ ބޭނުން ހިފާށެވެ. މީހަކު ދައްކާހައި ވާހަކައެއް ޤަބޫލުކޮށް އަމަލު ނުކުރާށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް