އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީޕީން އާޓިފިޝަލް ބީޗް ސަރަހައްދު ދިނުމަށް އެދިއްޖެ

އެމްޑީޕީން އާޓިފިޝަލް ބީޗް ސަރަހައްދު ދިނުމަށް އެދިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

އިދިކޮޅު އެމްޑީފީން ކެންޕެއިން ކުރުމަށް އާޓިފިޝަލް ބީޗް ސަރަހައްދު ހޯދުމަށް އެދިއްޖެއެވެ.

އެ ޕާޓީއިން މިއަދު ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ވަނީ، މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް އަދި 20 ވަނަ ދުވަހުން ފެށުގެން 22 ވަނަ ދުވަހާއި ހަމައަށް އާޓިފިޝަލް ބީޗް ސަރަހައްދު އެޕާޓީއަށް ދިނުމަށް އެދިފައި ވެއެވެ. އެ ހަދުވަހުގެ ހެދުނު 6:00 އިން ފެށިގެން މެންދުރު 12:00 އަށް ބީޗް ދިނުމަށް އެދިފައި ވެއެވެ.

"ހުރިހާ ކެންޑިޑޭޓުން ނަށް ވެސް ހަމަހަމަ ކަމާއި އިންސާފުވެރި ކަމާއެކު ކެމްޕޭން އަދި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ލިބިގެން ދާނެކަމުގެ ޔަގީންކަން ވަނީ ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް ދެއްވާފައެވެ." އާޓިފިޝަލްބީޗް ހޯދުމަށް އެމްޑީޕީންފޮނު ވިސިޓީގައިވެއެވެ.

ތިން އަހަރު ވަންދެން އިދިކޮޅު ޕާޓީތަކަށް ސިޔާސީ ހަރަކާތް ހިންގުމަށް ދައުލަތުގެ އެއްވެސް ތަނެއް ނުދީ ބޭއްވުމަށްފަހު މިދިޔަ ހޮނިހިރު ދުވަހުގައި ވަނީ އިދިކޮޅު ޕާޓީގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ކާނިވާ ސަރަހައްދުވެސް ދީފައެވެ. އަދި އެ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކުވަނީ ބައިވެރި ވެފަ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް