އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަޤީޤަތް އަންގައިދޭ މި ފޮޓޯ ފެނުމުން ވެސް އަސަރެއް ހަމަ ނުކުރޭތޯއެވެ!

ހަޤީޤަތް އަންގައިދޭ މި ފޮޓޯ ފެނުމުން ވެސް އަސަރެއް ހަމަ ނުކުރޭތޯއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

މިއީ ރޭގެ ފަތިސް ނަމާދަށް ގޮވައި ޤަމާތް ދިނުމުގެ ހަމަ އެންމެ 3.2 މިނިޓް ކުރިން ހެންވޭރު އިބްރާހީމީ މިސްކިތުގައި ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯ އިން ފެނިވަޑައިގަންނަވަނީ އެއިރު މިސްކިތުގައި ތިބި މީހުންނެވެ. ނަމާދު ނިމުނުއިރު 4 ސަފު ލިބުނެވެ.

4 ސަފުގައި ތިބި މީހުންގެ އަދަދަކީ އެ މިސްކިތް ހިމެނޭ ސަރަހައްދުގައި ހުރި އުސް އިމާރާތްތަކަށް އެކަނި ބެލި ނަމަވެސް ހަމަ އެންމެ އިމާރާތެއްގައި ދިރިއުޅޭނެ މީހުންނަށްވުރެ މަދު އަދަދެކެވެ. އަދި މިއަދަދު ހަމަވެފައިއެވަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި ބަލިމީހުންގެ ބެލެނިވެރިންގެ ތެރެއިންވެސް ބައަކު ޖަމާއަތުގައި ބައިވެރިވުމުންނެވެ.

ފަތިސް ނަމާދަށްދާ މީހުންގެ އަދަދު އިތުރުކުރަން ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރުމަށް ނުވަތަ ހިންގެން އޮތް ކޮންމެ ޕްރޮގްރާމެއް ހިންގުމުގެ މުހިންމުކަން ފާހަގަކުރަންޖެހެނީ މިފަދަ ސަބަބުތައް ފެންނަން ހުރުމުންނެވެ.

މިސްކިތް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އެންމެ 1 އިންސައްތަ މީހުން ނަމާދަށް އެރި ނަމަވެސް މިސްކިތް ފުރިގެންދާނެއެވެ. ނަމަވެސް އެވަރުވެސް ނުވުމަކީ ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ!

މުސްލިމް ޤައުމުތަކުގައި ކުޑަކުދިން ފަތިސް ނަމާދަށް ގެންދަން ތަފާތު ޕްރޮގްރާމްތައް ހިންގަނީ މިހާލަތުން ސަލާމަތްވުމަށެވެ. ނަމާދުކުރާނެ ބައަކު އުފެއްދޭނީ ކުޑަކުދިންގެ ހިތްތަކުގައި ނަމާދަށް ލޯބިޖައްސުވައި ނަމާދު ކުރަން އާދަކުރުވައިގެން ކަމަށްވާތީއެވެ.

ރާއްޖޭގެ މާހައުލަށް ފެތޭނެ ގޮތަށް ރާއްޖޭގައި ވެސް މިވަނީ ހަމަ އެފަދަ ޕްރޮގްރާމްތަކެއް ފަށަންޖެހިފައިކަން އެނގެނީ ފަތިސް ނަމާދަށްދާ މީހުންގެ އަދަދުންނެވެ. މި ހަޤީޤަތް ޤަބޫލުކޮށް މިކަމަށް ހައްލު ހޯދަން ވީހާއަވަހަކަށް މަސައްކަތް ފެށުމަކީ މުޅި މުޖުތަމައުގެ ޒިންމާއަކަށް ހަދަން މިވަނީ ޖެހިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް