އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުގެ ޖަމާއަތް ބޮޑުވާވަރަކަށް އަދާވާތްތެރިން ދާނީ ބަލިކަށިވެ މާޔޫސްވަމުން

ނަމާދުގެ ޖަމާއަތް ބޮޑުވާވަރަކަށް އަދާވާތްތެރިން ދާނީ ބަލިކަށިވެ މާޔޫސްވަމުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

މިއަދުގެ ހާލަތައް ބަލައިފިނަމަ ކޮންމެ ދުވަހަކީވެސް އިތުރު ކަންތައްތަކެއްގައި މުސްލިމުންނަށް އަމާޒުކޮށް ތަފާތު ސިފަސިފައިގައި ކުރެވޭ ދުވަހެކެވެ. ބަހުގެ ހަމަލާތަކާއި ފޮޓޯތަކާއި ވީޑިއޯތައް ހާމަކުރާ ދުވަހެކެވެ. އެވަރުން ނުފުދިގެން ހަތިޔާރުން ހަމަލާތައްވެސް ދެވޭ ދުވަހެކެވެ.

މިހާލަތުގައި މުސްލިމުންނަށް އޮތީ އެންމެ ކުރިއަށް ކެތްތެރިކަން ކުރިއަށް ނެރުމެވެ. ކޮންމެހެން ޖަވާބުދޭން ޖެހޭ ކަންކަމުގައި ނޫނީ އެއްވެސް ޖަވާބެއް ދިނުމުގެ އެއްވެސް ބޭނުމެއްވެސް ނެތެވެ. ޚާއްޞަކޮށް މުސްލިމުންގެ މެޖޯރިޓީ ނެތް ޤައުމުތަކުގައެވެ.

މުސްލިމުން، މުސްލިމުންގެ ގަދަކަން ދައްކަންވީ ބަހާއި ބޭކާރު ފޮޓޯތަކާއި ވީޑިއޯތަކަކުން ނޫނެވެ. މުސްލިމުން އެމީހުންގެ ހިއްވަރާއި ގަދަކަން ދައްކަންވީ ތަޤްވާވެރިކަމުންނެވެ. ނަމާދުކުރުމުންނެވެ. ކެތްތެރިކަމާއި ރިވެތި އަޚުލާޤުންނެވެ.

މުސްލިމުން ފަރުޟު 5 ނަމާދަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ފަރުޟު 5 ނަމާދަށް ފަރުވާތެރިވެ މިސްކިތަށް ގޮސް ނަމާދުކުރާތަން ފެނުމަކީ އެހައި އާދައިގެ ކަމެއްގެ ގޮތުގައި ނުދެކޭށެވެ. އެކަމުގެ ސަބަބުން މުސްލިމުންގެ އަދާވާތްތެރިންނަށް ފުން އަސަރުތަކެއް ކުރާތީއެވެ. އެމީހުންގެ ހިތަށް ކުރާ އަސަރުން ހިތްތައް ފަޅަފަޅައިގެންދާތީއެވެ. ސިކުނޑިއަށް ބާރު ބޮޑުވެ ބޮންތަކެއް ފަދައިން އެމީހުންގެ ސިކުނޑިތައް ގޮވަމުންދާތީއެވެ.

ނިކަން ވިސްނައިލަބަލާށެވެ! ނަމާދަށް ބަންގި ގޮވުމުން މިސްކިތަށް އަރައި ގިނަ ބައަކު ތިބެނީ ދުރުދުރުގައި ވިއްސިވިހާލިވެގެންނެވެ. ނަމަވެސް ޤަމާތް ދޭން ހަމަ ފެށުމާއިއެކު އަސްކަރީ ސަފުތަކެއް ރުކުރުވާލާފަދައިން ނަމާދަށް އެބަ ސަފުތައް ރުކުރުވާލަމުއެވެ. ކޮމާންޑަރުގެ އޯޑަރަށް ސިފައިން އަމަލުކުރާ ފަދައިން އިމާމުގެ ތަކްބީރުތަކަށް އެބަ އަމަލުކުރަމުއެވެ. އެންމެން އެކުގައެވެ. ހަމަ އަސްކަރީ ޑްރިލެއްގައިވެސް އަމަލުކުރާ އުޞޫލުންނެވެ.

މުސްލިމުންގެ އަދާވާތްތެރިންނަށް ޙަޖަމް ނުކުރެވިގެން އެންމެ ބޮޑަށް އެ އުޅެނީ މިކަންކަމެވެ. މުސްލިމުންގެ އެއްބައިވަންތަކަމެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވާ މިންވަރެވެ. ﷲ ތަޢާލާއަށް އީމާންވުމުގައި ހިތާއި ފުރާނައިން ޤްރްބާންވާން ތައްޔާރަށް ތިބޭ މިންވަރަށެވެ.

ވީމާ އަހަރެންގެ ނަޞޭޙަތަކީ ކިތަންމެ ބުރަކޮށް މަސައްކަތް ކުރަމުން ނަމަވެސް ކިރިޔާވެސް ވާން އޮތް ނަމަ ޖަމާއަތަށް ގޮސް ނަމާދުގައިބައިވެރިވުމެވެ. ނަމާދުގެ ޖަމާއަތް ބޮޑުވާ ވަރަކަށް އިސްލާމް ދީން ދާނީ ކުރިއަރަމުން ކަމަށްވާތީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން .

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް