އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާޝޫރާ ދުވަހު ރޯދަހިފުމަކީ ރަސޫލާ (ﷺ) ގެ އަމުރުފުޅެއް! ދޫކޮށް ނުލައްވަވާ!

އާޝޫރާ ދުވަހު ރޯދަހިފުމަކީ ރަސޫލާ (ﷺ) ގެ އަމުރުފުޅެއް! ދޫކޮށް ނުލައްވަވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

އާޝޫރާ ދުވަހު މުސްލިމުން ރޯދަ ހިފަނީ އެކަން ކުރުމަށް އިތުރު މާތް ނަބިއްޔާ މުޙައްމަދު (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވާތީއެވެ. އަދި އެދުވަހު ރޯދަ ހިއްޕެވުމަށް ޞަހާބީންނަށް އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. އެދުވަހު ރޯދަ ހިފުމަކީ އިސްވެ ދިއަ އަހަރު ކުރެވުނު ފާފަތައް ފުއްސަވައިދެއްވަވާނެ އަމަލެއްކަމަށް އުންމީދުކުރެއްވޭ ކަމަށް ޙަދީޘްފުޅު ކުރައްވަވާފައިވާތީއެވެ.

މިއަހަރުގެ އާޝޫރާ ދުވަހު ރޯދަ ހިފަން ޤަޞްދުކުރާ މީހާއަށް އޮތީ މާދަމާ، ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފުމެވެ. ނޫންނަމަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ރޯދަ ހިފުމެވެ.

އާޝޫރާ ދުވަސް މުސްލިމުންނަށް މުޙިންމު ދުވަހަކަށްވެފައިވަނީ މޫސާގެފާނަށް ފިރުއައުނުގެ މައްޗަށް ނަޞްރު ލިބިވަޑައިގަތް ދުވަސް ކަމަށްވާތީއެވެ.

"ރަސޫލާ (ﷺ) މަދީނާއަށް ވަޑައިގެންނެވިއިރު ޔަހޫދީން މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ރޯދަ ހިފައި އުޅުނެވެ. އެއީ ކީއްވެގެންތޯ ސުވާލުކުރެއްވެވުމުން ދެންނެވީ އެއީ ފިރުއައުނުގެ ނުބައިކަމުން މުސާގެފާނު މިނިވަންކޮށްދެއްވެވި ދުވަސް ވީމާ އުފާކުރަން ކުރާ ކަމެއް ކަމަށެވެ. އެ ޖަވާބާއި ގުޅިގެން ޙަދީޘްފުޅު ކުރެއްވެވީ ތިމަންމެން އެކަމާ އުފާކުރުން މާއައުލާކަން ބޮޑު ކަމަށެވެ. އަދި އެދުވަހު ރޯދަ ހިއްޕަވައި އަދި ޞަޙާބީންނަށް އެކަމަށް އަމުރުފުޅުވެސް ކުރެއްވެވިއެވެ. އަދި ޔަހޫދީންނާއި ޚިލާފުވުމުގެ ގޮތުން 10 ވަނަ ދުވަހާއި ގުޅުވައިގެން ކުރިއަށް ނުވަތަ ފަހުން ދުވަހެއްގައި ރޯދަ ހިފުމަށް އަމުރުފުޅު ކުރެއްވެވިއެވެ."- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް