އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޯޝަލް މީޑިއާގަ ދައްކާ ސޫރަ މީހާގެ ޙަޤީޤަތަށް ނުވާނަމަ އެއީ ދެއްކުންތެރިކަން - ދެއްކުންތެރިކަމަކީ ޝިރުކުރުމުގެ ދަރަޖައެއް!

ސޯޝަލް މީޑިއާގަ ދައްކާ ސޫރަ މީހާގެ ޙަޤީޤަތަށް ނުވާނަމަ އެއީ ދެއްކުންތެރިކަން - ދެއްކުންތެރިކަމަކީ ޝިރުކުރުމުގެ ދަރަޖައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ސޯޝަލް މީޑިއާގައި ދައްކާ ސޫރަ އެއީ އެމީހާގެ ޙަޤީޤަތަށް ނުވާނަމަ އެއީ ދެއްކުންތެރިކަމެވެ. ދެއްކުންތެރިކަމަކީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ.

ރަނގަޅަށް ވިސްނާށެވެ! ތިބާއަށް ﷲ ތަޢާލާ ނުފެނުނު ކަމުގައިވީނަމަވެސް ތިބާ ކުރާ ކޮންމެ އަމަލެއް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.

ކަންކަން ކުރާ މަޤްޞަދާއި ތިބާގެ ނިޔަތްވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ވީއިރު ތިބ ސޯޝަލް މީޑިއާގައި ނުވަތަ އެނޫންވެސް ގޮތަކުން ތިބާ ކުރާ އަމަލުތަކާއި ޚިލާފަށް ކަންތައްތަކެއް މީސްތަކުންނަށް ދައްކައިގެން ތިބާގެ ޙަޤީޤަތް އޮޅުވައިލުމަކީ ސަޚުޝް އޮޅުވައިލުން ނޫން ހެއްޔެވެ؟ ހަމަގައިމުވެސް ﷲ ތަޢާލާއަށް އެއްވެސް ކަމެއް އޮޅުވައެއް ނުލެވޭނެއެވެ.

ހެޔޮ ކަންތައްތައް ކުރަން މީސްތަކުންނަށް ގޮވާލުމުގެ ކުރިން ތިމާއަކީ ހެޔޮ އަމަލުތައް ކުރާމީހަކަށް ވާންވާނެއެވެ. ޚާއްޞަކޮށް ބަރާބަރަށް ނަމާދުކޮށް ފަރުޟުތައް އަދާކުރާ މީހަކަށް ވާންވާނެއެވެ. ނޫންނަމަ އެއީ ދެއްކުންތެރި އަމަލަކަށް ވެދާނެއެވެ. ދެއްކުންތެރިކަމަކީ މުނާފިޤުންގެ ސިފައެކެވެ. ހަމައެއާއިއެކު ދެއްކުންތެރިކަމަކީ ޝިރުކުރުކުރުމުގެ ދަރަޖައެކެވެ.

މިކަމަށް ހެކި ލިބެނީ ދެއްކުންތެރިކަމުގެ ގޮތުން ކުރާ އެއްވެސް ކަމެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތީއެވެ. އެއީ މީސްތަކުންނަށް ދެއްކުމުގެ ގޮތުން ނަމާދުކުރުން ނަމަވެސްމެއެވެ. ކީރިތި ޤްރްއާން ކިޔެވުން ނަމަވެސް މެއެވެ. އަދި ދެއްކުންތެރިކަމުގެ ގޮތުން ކުރާ މިފަދަ ކަންކަން ވެސް ޝިރުކުރުކުރުމުގެ ތެރޭގައި ހިމެނޭތީއެވެ.

އިސްލާމް ދީން މަތިވެރިކުރުމާއި ދީނަށް ނަޞްރު ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް އޮތް ވާޖިބެކެވެ. ނަމަވެސް ފުރަތަމަ އޮތީ ތިމާ އަމަލުކުރުމެވެ. ތމާ އަމަލުނުކޮށް އެހެން މީހުންނަށް ދީނުގެ ކަންކަމަށް ގޮވައިލުމެއް ނެތެވެ.

މިކަންކަން ނުއެނގި ތިބެ ނަމަވެސް ބައެއް މީހުން މިފަދަ އަމަލުތައް އެބަކުރެއެވެ. ވީމާ ހޭލުންތެރިވާށެވެ. ނޫންނަމަ ރަނގަޅު ކަމެއް ކަމަށް ހީކޮށް ކުރެވޭ ކަންކަމުގެ ސަބަބުން މަގުފުރެދިގެން ހިނގައިދާނެއެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް