އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޅުދުއްފުށި އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފި

ކުޅުދުއްފުށި އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ހދ. ކުޅުދުއްފުށީ ގައި ގާއިމް ކުރެވުނު ޑޮމެސްޓިކް އެއާޕޯޓުގައި ޓެސްޓު ފްލައިޓު ޖައްސައިފިއެވެ.

ކާމިޔާބުކަމާއެކު ކުޅުދުއްފުށީ އެއާޕޯޓަށް އެފްލައިޓު ޖައްސާފައިވަނީ މިއަދު މެންދުރުފަހު 15:11 ހާއިރެވެ.

ކުޅުދުއްފުއްޓަށް ޖެއްސި ފުރަތަމަ ޓެސްޓު ފްލައިޓުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެފްލައިޓު ޖެއްސުން ފާހަގަކުރުމަށްޓަކައި އެރަށުގެ އެއާޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް އެންމެ ފުރަތަމަ (ޓެސްޓު) ފްލައިޓު ޖެއްސުމުގެ ރަސްމިއްޔާތު ބަލައިލުމަށް ގިނަ ބަޔަކު އެސަރަޙައްދަށް ގޮސްފައިވެއެވެ.

ދައުލަތުގެ ބަޖެޓުން 53.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްގީ ކުރަމުން އަންނަ އެއެއާޕޯޓުގެ މަސައްކަތް އަންނަ އާދީއްތަ ދުވަހުގެ ކުރިން ނިންމުމަށް ދަރުކާރުން އަމާޒުކޮށްފައިވެއެވެ.
ކުޅުދުއްފުށީ އެއާޕޯޓުގައި 1200 މީޓަރު ދިރު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހަދާފައިވެއެވެ.

މިއެއާޕޯޓު ރަސްމީކޮށް ހުޅުވޭނެ ދުވަހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ