އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރު ކުރެވުނު ކުށްވެރިންތަކެއް ގޭބަންދަށް

ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރު ކުރެވުނު ކުށްވެރިންތަކެއް ގޭބަންދަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ތޫނު އެއްޗެހި ބޭނުން ކޮށްގެން މާރާމާރީ ހިންގިކަމުގެ މައްސަލައިގައާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޮޑެތި ހުކުމްތަކެއް އިއްވާފައިވާ ބަޔަކު ކުއްލިއަކަށް ގޭ ބަންދަށް ބަދަލުކޮށްފި ކަމުގެ އަޑުތަކެއް ފެތުރެމުން އެބަދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހިނގާ ސެޕްޓެމްބަރ މަހުގެ ރޭ ކުއްލި ގޮތަކަށް ކަރެކްޝަންސް އިން ގޭ ބަންދަށް ބަދަލު ކޮށްފައިވަނީ އަށް މީހެކެވެ. އޭގެ ތެރޭގައި މާރާމާރީ ހިންގާ ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައެއްގައި ގަލަށްލި ދެ މީހަކާއި މަސްތުވާތަކެތީގެ މައްސަލަތަކެއްގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ހަތަރު މީހަކާއި، މަސްތުވާތަކެތީގެ މައްސަލައެއްގައި 16 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހަކާއި ވައްކަމުގެ މައްސަލައެއްގައި ތިން މަސް ދުވަހަށް ޖަލަށްލާފައިވާ މީހަކު ހިމެނެއެވެ.

މިޚަބަރާއި ގުޅިގެން ކަރެކްޝަންސް އިން އަދި ބަހެއް ނުލިބުން ކަމުގައިވިޔަސް، މިކަން އިތުރަށް ބެލުމަށްފަހު މިކަމާއިބެހޭ ގޮތުން އެއްޗެއް ވިދާޅުވާނެ ކަމަށް ކަރެކްޝަންސް ގެ މީޑިއާ އޮފިޝަލް "މިއަދުނޫހަށް" ވިދާޅުވެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ