އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށިއްޖެ

ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު


ޜައްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިއަށް އޮތް ފަސް އަހަރު ބޭފުޅަކު އިންތިހާބު ކުރުމަށް ބޭއްވޭ، މިފަހަރުގެ ރިޔާސީ އިންތިހާބު ފެށިއްޖެއެވެ.

މިއިންތިހާބުގައި މިފަހަރު ވާދަ ކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ.
އެއީ: ކެންޑިޑޭޓް ނަންބަރު 1: އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މއ. ކާމިނީހުޅަނގު، މާލެ. އެމަނިކުފާނުގެ ނައިބު މުޙައްމަދު ޝަހީމް އަލީ ސައީދު ސައީދު މަންޒިލް، ގއ. މާމެންދޫ.

ކެންޑިޑޭޓް ނަންބަރު 2: އިބްރާހިމް މުޙައްމަދު ސޯލިޙު ނޫރާނީއާގެ ޅ. ހިންނަވަރު.އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް ނޫޑަލްހީ ފުނާޑު، ޏ. ފުވައްމުލައް
ރިޔާސީ އިންތިހާބަށް ވޯޓުލުން ފެށުމަށް ހަމަ ޖެހިފައިވާ ގަޑިއަކީ ހެނދުނު 8:00 އެވެ. ވޯޓުލުން ނިމޭ ރަސްމީ ގަޑިއަކީ ހަވީރު 16:00 އެވެ. ބައެއް ވޯޓު ފޮށިތައް އިލެކްޝަންސް ކޮމިޝަނުން ލަހުން ލިބުމުގެ ސަބަބުން، ވޯޓުލާ ބައެއް މަރުކަޒުތަކުން ވޯޓުލާން ފެށިފައިވަނީ 10-20 މިނެޓު ލަހުންނެވެ. އެމަރުކަޒުތަކުން ވޯޓުލުން ބަންދު ކުރާނީ އެވަގުތު ކޮޅު ދިނުމަށްފަހު ކަމަށް ވޯޓުލާ މަރުކަޒުގެ ވެރިޔާ ވިދާޅުވެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ