އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަލި ޤަބޫލުކުރައްވަމުންވެސް އިއްޔެ އިންތިޚާބީ ރައީސަށް ވޯޓު ދިނީ ހަދިޔާ ބޭނުންކޮށްގެން ކަމުގެ ތުހުމަތު!

ބަލި ޤަބޫލުކުރައްވަމުންވެސް އިއްޔެ އިންތިޚާބީ ރައީސަށް ވޯޓު ދިނީ ހަދިޔާ ބޭނުންކޮށްގެން ކަމުގެ ތުހުމަތު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު



އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ތެރެއިން 134616 ރައްޔިތުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓު ދިނީ ހަދިޔާ ބޭނުންކޮށްގެން ކަމަށް ތުހުމަތު ކުރައްވާ މޭރުމަކުން ރައީސް ޔާމީނު ފވާހަކަފުޅު ދައްކަވައިފިއެވެ.

އިއްޔެގެ އިންތިޚާބުގެ ނަތީޖާ އާއި ގުޅިގެން ބަލި ޤަބޫލުކުރައްވައި ޤައުއުމާއި މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ އިއްޔެގެ އިންތިޚާބުގައި ހަދިޔާ ޤަބޫލުނުކޮށް އެމަނިކުފާނަށް ތާއީދުކޮށް ވޯޓުދިން ހުރިހާ ރައްޔިތުންނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ އިޚްލާޞްތެރި ޚިދުމަތް ބަލައިގަންނަ އެތައް ހާސް ރައްޔިތުންނެއް އިއްޔެ އަޅުގަނޑަށް ވޯޓު ދެއްވި. މިއަދު މިފިޔަވަޅުމަތީގަ އަޅުގަނޑު މިހިރީ އެހުރިހާ ރައްޔިތުންނަށް ތިއަކޮށްދެއްވި މަސަކަތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ބަލައިގަންނަ ވާހަކަ ދަންނަވަމުން އަދި ހުށަހެޅެމުންދިއަ ހުރިހާ ހަދިޔާތަކަކަށް އެއަށްވެސް ނޫނެކޭ ބުނެފަ ޤައުމުގެ ޙައްޤުގަ އަދި އަޅުގަނޑުމެން ކުރި މަސައްކަތަށް ވޯޓުދެއްވި ހުރިހާ ފަރާތްތަކަށް އައްސަރިބަހާ ސާބަސް ރައްދުކުރަމުން ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންންވަން."

ރައީސް ޔާމީނު ވަނީ 2 ވަނަ ދައުރަކަށް އެމަނިކުފާނު އިންތިޚާބު ނުކުރީތީ ރައްޔިތުންނަށް ހިތާމަކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

"—އެއާއެކީ އޮތީ އަޅުގަނޑަށް ސަޕޯޓްކުރައްވާ ސަޕޯޓަރުން. އެބޭފުޅުން ޤަބޫލުކުރައްވާ އަޅުގަނޑުމެން މިކުރަނީ ރައްޔިތުންނަށް ޚިދުމަތްކަން. މިއަދު އަޅުގަނޑުމެންނަށް ވޯޓު ނުލިބުނު ބޭފުޅުންގެތެރޭގައި ކަންކަން ނިމުނު ގޮތާ ދޭތެރޭގަ ހިތާމަ ކުރައްވާ ބޭފުޅުން ތިއްބަވާފާނެކަން ނޭނގެ. ކުރިންވެސް އަޅުގަނޑު ދެންނެވިން އެކަހަލަ ދުވަހެއް އަޅުގަނޑުމެން މީގެކުރިންވެސް މާޒިކޮށްފީމޭ. ރައީސް މައުމޫނާ ދޭތެރޭގަ ކަންތައް ވެގެންދިއަގޮތް އަޅުގަނޑުމެން ދުށީމު 2008 ގަ. އަޅުގަނޑުމެންގެ ތެރެއިން އެތައްބައަކު ހިތާމަކުރިން. ކެނޑިނޭޅި ތަކުރާރުކޮށް އެވާހަކަ ރައްޔިތުންނަށް ހަނދާންކޮށްދެމުން މިއައީ. މިއަދު އަޅުގަނޑުގެ ޚިދުމަތް ލިބުނު އެތއްބައަކު އަޅުގަނޑަށް ޢާނއެކޭ ބުނި. އެބޭފުޅުންނަށް އަދިވެސް ފަށްފަށުން ޝުކުރު ދަންނަވަން. --- އަޅުގަނޑަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑަށް ތާއީދުކޮށް މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދިވެސް އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް މސައްކަތް ކޮށްދިނުމުގެ ސާބިތުވެ ތިބޭނަން.—" ރައީސް ޔާމީނު ވިދާޅުވިއެވެ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް