އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންގެ އާދޭސް!: ފުރަތަމަ ކަމެއްގެ ގޮތުން ނިޒާމު ހައްޔަރުކޮށް ބައިތުލްމާލު ޙިމާޔަތްކޮށްދެއްވާ!

ރައްޔިތުންގެ އާދޭސް!: ފުރަތަމަ ކަމެއްގެ ގޮތުން ނިޒާމު ހައްޔަރުކޮށް ބައިތުލްމާލު ޙިމާޔަތްކޮށްދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ރައްޔިތުންގެ ބައިތުލްމާލުގައި ހުރި ފައިސާކޮޅުގެ ހިސާބު ރަނގަޅަށް ބަލައި ހިމާޔަތްކުރުމަކީ އިންތިޚާބީ ރައީސްގެ ފުރަތަމަ މަސްއޫލިއްޔަތު ކަމުގައި ހައްދަވައި ދެއްވާށެވެ. ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވެން ހުރި ދަރުތަކަށް ފާރަވެރިން ލައްވަވައި ދެއްވަވާށެވެ.

އެގޮތަށް އެކަން ނުކުރައްވައިފިނަމަ ހުރިހާ ކަމެއް ނިމިގެންދާއިރު ހުންނާނީ ތިޖޫރީ ހުރި ތަނުގައި ހަމަ ބޮޑު ބާގަނޑެކެވެ. އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ކޮންމެ ވެސް ނިޒާމަކަށެވެ. ހުރިހާ ގެއްލުންތަކެއް ލިބޭނީ ރައްޔިތުންނަށެވެ.

ހުރިހާ ކަމެއްކޮށް ނިންމާފައި ބޭންކް އޮފް މޯލްޑިވްސް އާއި މަނިޓަރީ އޮތޯރިޓީ ކުށްވެރިކޮށް ޚިޔާނާތްތަކުގައި ރީތި ކުލަތަކުން ދަވާދުލުމުގެ ފުރުޞަތު ނުދެއްވާށެވެ! ރައްޔިތުންގެ ފައިސާތައް ބިލިއަން ބިލިއަނުން ވަގަށް ނަގައި ފިލައިގެން އުޅޭ ނިޒާމު ހުއްޓުވުނު ގޮތަކަށް ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރައްވާށެވެ!

ޤަބޫލުކުރެވޭ ގޮތުން ރައްޔިތންގެ ފައިސާ ބިލިއަންތަކުން ވަގަށްނަގައި ފިލައިގެން އުޅެނީ އެންމެ ނިޒާމެއް ނޫނެވެ. އެތައް ބައިވަރު ނިޒާމުތަކެކެވެ. އެ ހުރިހައި ނިޒާމުތައް އަތުލައިގަނެ އަވަހަށް ކަސްތޮޅު އަޅުއްވާށެވެ. ނޫންނަމަ 17 ނޮވެމްބަރުގައި ކުރިމަތިލާންޖެހޭނީ ކޮންފަދަ ބޮޑު ނިކަމެތިކަމަކާއިކަން އެއީ ވިސްނުމަށް ގެންނަން ނުއެނގޭނެ ކަންކަމެވެ.

މިއީ ނިޒާމުގެ ސަބަބުން ބަނގުރޫޓުވެފައިވާ ދިވެހި ރައްޔިތުންގެ ފަރާތުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުރާ އެންމެ ބޮޑު އާދޭސް ކަމަށް ޤަބޫލުފުޅު ކުރައްވާށެވެ! އަވަސް ފިޔަވަޅުތައް އަޅުއްވައި ހައްލު ހޯއްދަވައި ދެއްވާށެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް