އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުކަން ކުރުން ގިނަކުރާ ވަރަކަށް އުނދަގޫ ބޮޑުވެފަ އެދޭ ކަންތައްތައް އިތުރަށް ދުރަށްދާ ސަބަބު

އަޅުކަން ކުރުން ގިނަކުރާ ވަރަކަށް އުނދަގޫ ބޮޑުވެފަ އެދޭ ކަންތައްތައް އިތުރަށް ދުރަށްދާ ސަބަބު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

އަޅުކަން ކުރުން ގިނަކުރާ ވަރަކަށް އުނދަގޫ ބޮޑުވެފަ އެދޭ ކަންތައްތައް އިތުރަށް ދުރަށްދަނީ ކީއްވެގެންތޯ؟

ޖަވާބު:

އެހާލަތުގައި ބަލަންވާނީ އެއީ އިމްތިޙާނެއް ކަމަށެވެ. މީހާ ﷲ އާ ކުއްތަންވާވަރަކުން ﷲ އެމީހަކު އިމްތިޙާންކުރައްވަމުން ގެންދަވާނެއެވެ.

އެގޮތުން އެމީހަކަށް ކެތްތެރިކަމުގައި ދެމިހުރެވޭ މިންވަރަކުން އޭނާގެ ދަރަޖަ ﷲ ގެ ޙަޟްރަތުގައި މަތިވެރިވެ، ސަވާބާއި ދަރުމަ އިތުރުވެގެންދާނެއެވެ. އެފަދަ ހާލަތުގައި އޭނާގެ ކެތްތެރިކަމުގެ ނިމުން އަންނަ ހިސާބަކީ އޭނާގެ އުޚުރަވީ ދަރުމައިގެ ނިމުން އައިސް، ފިލައިދަނިވި ދުނިޔޭގެ މަންފާއަށް ފެށޭ ހިސާބު ކަމަށް ގިނަ ފަހަރު ބަދަލުވެގެންދާނެއެވެ. ކެތްތެރިކަމުގެ ދަރުމައަކީ ހިސާބު ނުކުރެވޭ މިންވަރުގެ މަތިވެރި ދަރުމައެކެވެ.

-އައްޝައިޚް މުޙައްމަދު ޒައިދު

މިކަމުގެ މިސާލަކީ ކުރިން ޤަވާއިދުން ޖަމާއަތުގައި ނަމާދު ނުކުރާ މީހަކު ޖަމާއަތުގައި ޤަވާއިދުން ނަމާދުކުރަން ފަށައިފިނަމަ ބަންގި ގޮވުމާއި ގާތްވެގެން އަންނައިރު ނުވަތަ ބަންގި ގޮވާ ވަގުތު ޖަމާއަތަށް ދިއުމަށް ހުރަސް އެޅޭ ފަދަ ކަންކަން ކުރިމަތިވާނެއެވެ. "މިކަން ކޮށްފައި ނޫނީ ގުޑާލައިގެން ނުވާނެ" ކަމަށް ޤަބޫލުކުރެވޭ ފަދަ ކަންކަން ޝައިޠާނާ ކުރިމަތިކުރުވާނެއެވެ.

އޮންނާނެ ހަމައެކަނި ޙައްލަކީ ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް ޖަމާއަތުގައި ނަމާދުކުރަން ނިޔަތްގަނެ އަމަލުކުރުމެވެ. ބަންގީގެ އަޑު އިވުމުން ނުވަތަ ނަމާދުވަގުތުން ނަމާދު ނުކޮށް އެހެން އެއްވެސް ކަމެއް ނުކުރަން ޢަޒުމު ކަނޑައަޅައިގެން ނަމާދުކުރަން ފެށުމެވެ. އެއިރުން ޝައިޠާނާ ދާނީ ދުަވހެއް ދުވަހަކަށް މާޔޫސްވަމުންނެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ ޝައިޠާނާ މާޔޫސްވެ އޭނާގެ މަސައްކަތް ހުއްޓައި ނުލާނެ ކަމެވެ. އެއްގޮތަކުން ނުވިނަމަ ދެވަނަގޮތާއި ތިންވަނަ ނުވަތަ އެއަށްވުރެވެސް ގިނަ ގޮތްތައް ހޯދަމުން ގެންދާނެ ކަމެވެ.

އެދޭ ކަންކަންވުން ލަސްވެ ހުރަސް އެޅުމުގެ މައްސަލައިގެ އެންމެ ބޮޑު ހައްލަކީ މާޔޫސް ނުވުމެވެ. އެދޭ ކަންކަން ހިއްމަވައިދެއްވުން ލަސްވަމުން އައި ނަމަވެސް ﷲ ތަޢާލާއަށް އިތުބާރުކޮށް ދުޢާކުރުމާއި އަޅުކަން ކުރުން އިތުރުކުރުންމަތީގައި ސާބިތުކަމާއިއެކު ދެމިހުރުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް