އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންތިޚާބުގަ ރައްޔިތުން ދައްކައިދިން އެއްބައިވަންތަކަން ދެމެހެއްޓުމަށް ޝައިޚް އިލްޔާސް ގޮވާލައްވައިފި

އިންތިޚާބުގަ ރައްޔިތުން ދައްކައިދިން އެއްބައިވަންތަކަން ދެމެހެއްޓުމަށް ޝައިޚް އިލްޔާސް ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު


ޤައުމުގެ ކުރިއެރުމާއި ޞުލްޙަ މަސްލަހަތަށްޓަކައި ނިމިގެންދިއަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ދައްކައިދިން އެއްބައިވަންތަކަން ދެމެހެއްޓުމަށް އެންމެހައި މުވާޠިނުންނަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ގޮވާލައްވައިފިއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ އެއްބައިވަންތަކަމަކީ ގަދަފަދަ ބާރަކަށްވެފައި އަދި ބައިބައިވުމަކީ ބަލިކަށިކަމަކަށްވާއިރު ނިމިގެންދިއަ އިންތިޚާބުގައި ދިވެހި ރައްޔިތުން ދައްކަވާފައިވަނީ މިކަމުގެ ދިރިހުރި މިސާލެއް ކަމަށެވެ. އެހެންކަމުން ޤައުމުގެ ކުރިއެރުމާއި ޞުލްޙަ މަސްލަހަތަށްޓަކައި މި އެއްބައިވަންތަކަން ދެމެހެއްޓުމަށް އެންމެހައި މުވާޠިނުންނަށް ގޮވާލައްވާ ކަމަށެވެ.


"އެއްބައިވަންތަކަމަކީ ގަދަފަދަ ބާރެކެވެ. އަދި ބައިބައިވުމަކީ ބަލިކަށިކަމެކެވެ. ނިމިގެންދިއަ އިނބްތިޚާބުގައި ރައްޔިތުން ދައްކަވާފައިވަނީ މިކަމުގެ ދިރިހުރި މިސާލެކެވެ. ވީމާ ޤައުމުގެ ކުރިއެރުމާއި ޞުލްޙަ މަސްލަހަތަށްޓަކައި މި އެއްބައިވަންތަކަން ދެމެހެއްޓުމަށް އެންމެހައި މުވާޠިނުންނަށް ގޮވާލަމެވެ."



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް