އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިލިއަނަކަށް ދޮގު ހެކި ބަސް ނުވިއްކި މީހުންނަށް ހާސްފަށުން ތައުރީފް ޙައްޤު - ﷲ ބިލިއަނުން ދެއްވަވާނެ!

މިލިއަނަކަށް ދޮގު ހެކި ބަސް ނުވިއްކި މީހުންނަށް ހާސްފަށުން ތައުރީފް ޙައްޤު - ﷲ ބިލިއަނުން ދެއްވަވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ހެކި ބަސް ގަންނަން އުޅޭ މީހުންނާއި ދޮގު ހެކި ވިއްކާ މީހުން އިތުރުވަމުންދިއުމަކީ ޤިޔާމަތް ކައިރިވާކަމުގެ ޢަލާމާތެއްކަމާއި އެއީ ބޮޑުވެގެންވާ ފާފައެއްކަން ބަޔާން ކުރައްވައި އެފަދަ ކަންކަން ނުކުރުމަށް އިންޒާރު ދެއްވައި ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވަނީ މިދިއަ ރަމަޟާން މަހު ވަރަށް މުހިންމު ދަރުސެއް ފްރްޤާން މިސްކިތުގައި ދެއްވައިފައެވެ.

ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވީ ހެކި ބަސް ދޭންޖެހޭނީ އަދުލުވެރިކޮށް ކަމަށާއި ދޮގުހަދައި އޮޅުވާލައިގެން، މަކަރުން ދޮގު ހެކި ދީފިނަމަ އެމީހަކު އެ އަރައިގަންނަނީ އެންމެ ބޮޑު އެއް ފާފައަށް ކަމަށެވެ. މިވަރުގެ ބޮޑު ފާފައަކަށް އަރައިގަންނަން މީހުންނަށް ހިއްވަރުދިނުމަކީވެސް އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިއަދު އަޑު އިވެމުން މިދަނީ ކޯޓުގައި ދޮގުހެކި ދިނުމުން ދިވެއްސަކަށް ނަމަ 1 މިލިއަން ރުފިޔާ، ބިދޭސީއަކަށް ނަމަ 40000 ޑޮލަރު ހުށަހަޅާ ކަމުގެ ވާހަކައެވެ. ހަމަ އެއާއިއެކު ހިނިތުންވެ ތިބެ ފައިސާގައި ހިފައި މުއްސަނދިވުމުގެ ބަދަލުގައި އިންތިހާއަށް ކަންބޮޑުވެ ބިރުން ރޮއި ހަދާ ވާހަކައެވެ.

މައްސަލަ ފުލުސް އޮފީހުން ވީއެންމެ އަވަހަކަށް ބަލައި ކަމުގެ ޙަޤީޤަތް ޢާންމުކޮށް ދިނުމަކީ ރައްޔިތުންގެ އާދޭހެވެ! މައްސަލައަކީ ޤައުމުގެ ހުރިހާ ރައްޔިތުންގެ އެންމެ ބޮޑު މަޞްލަހަތާއި ގުޅިފައިވާ މައްސަލައަކަށްވާތީއެވެ.

މިއީ ރާއްޖޭގެ ފަހުގެ ތާރީޚުގައިވެސް ފާހަގަކުރެވިގެންދާނެ ކަމެކެވެ. މިހައި ބޮޑެތި އަދަދުތަކުން ރިޝްވަތު ހުށަހެޅުމުން ޤަބޫލުނުކޮށް އެކަން ހާމަކުރުމުންނެވެ. އެމީހުން ކުރާ މަސައްކަތަށް ޙައްޤު މުސާރަ ދޭ މީހާއަށް އެކަން އެންގުމުންނެވެ.

މިލިއަނަކަށް ދޮގު ހެކި ބަސް ނުވިއްކި މީހުންނަށް ހާސްފަށުން ތައުރީފް ޙައްޤެވެ. ﷲ ތަޢާލާ އެމީހުންނަށް ބިލިއަނުން ނަފާ ދެއްވަވާނެކަން އެއީ ޔަޤީން ކަމެކެވެ.

ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރާ ދުބާއީ ފަދަ ޤައުމުތަކުގައި ތެދުވެރިކަމުގެ މިފަދަ ނަމޫނަ ދައްކާ މީހުންގެ ތެދުވެރިކަމުގެ އަގު ވަޒަންކޮށް އެވޯޑު ދިނުމުގެ އިތުރުން ފައިސާގެ ބޮޑެތި އިނާމުތައްވެސް ދެމުން ގެންދާކަން ފާހަގަކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް