އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒައިނަބުގެ ގާތިލު ދަންޖެއްސުން އަންނަ ބުދަ ދުވަހު!

ޒައިނަބުގެ ގާތިލު ދަންޖެއްސުން އަންނަ ބުދަ ދުވަހު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

މިއަހަރުގެ ޖެނުއަރީ މަހު ޕާކިސްތާނުގައި އުމުރުން އެންމެ ހަތް އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކޮށް މަރާލި މީހާ، އަންނަ ބުދަ ދުވަހު ދަންޖައްސަން އެޤައުމުގެ އެންޓި-ޓެރަރިޒަމް ކޯޓަކުން ނިންމައިފިއެވެ.
ޒައިނަބު އަންސާރީ ނަމަކަށް ކިޔުނު މިކުޑަކުއްޖާ ރެޕްކޮށް މަރާލާފައިވަނީ އޭނާއާއި އާއިލީ ގުޅުމެއް ވެސް އޮންނަ އިމްރާން އަލީ (23އ.) ނަމަކަށް ކިޔުނު މީހެކެވެ.

އެންޓި-ޓެރަރިޒަމް ކޯޓުގެ ގާޒީ ޝެއިޚް ސައްޖާދު އަހުމަދު، މިމައްސަލައިގައި ކުރި ހުކުމްގައި ބުނެފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އިމްރާން އަލީ ދަންޖެއްސުން އޮންނާނީ، އެޤައުމުގެ ސެންޓްރަލް ޖަލުގައި ކަމަށެވެ.

ޒައިނަބު ރޭޕްކޮށް މަރާލުމުގެ ކުށުގައި، އިމްރާންގެ މައްޗަށް ދަންޖެއްސުމުގެ ހުކުމެއް އައިސްފައިވާއިރު، އޭނާއަކީ ޒައިނަބުގެ އިތުރުން 8 ކުޑަކުއްޖަކު ރޭޕްކޮށް މަރާލި މީހެއްކަން ވެސް ސާބިތުވެފައިވެއެވެ.

ޒައިނަބު އަންސާރީ ރަހީނު ކޮށްފައިވަނީ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ އޭނާގެ ބޮދުދައިތަގެ ގެއަށް ޤުރްއާން ކިޔަވަން ދިޔަ މަގުމަތީގައެވެ. އެއިރު އޭނާގެ މައިންބަފައިން ތިބީ މައްކާގައި، އުމްރާއެއް ވުމަށް ގޮހެވެ.

ޒައިނަބު ގެއްލިގެން ހޯދަމުންދިޔަތާ އިރުކޮޅެއް ފަހުން، ޕީރޯވާލާ ރޯޑުގެ ސީސީޓީވީ ފުޓޭޖަކުން ފެނިފައިވަނީ، އޭނާ ކޮންމެވެސް މީހެއްގެ އަތުގައި ހިފައިގެންދާ މަންޒަރެވެ. އޭނާ ގެއްލުނުތާ ހަތަރު ދުވަސް ފަހުން (ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު) ޒައިނަބުގެ ފުރާނަނެތް ހަށިގަނޑު ފެނިފައިވަނީ ޝެހްބާޒް ޚާން ރޯޑަށް އެއްކޮށްފައި ހުރި ކުނިފުންޏެއްގެ ތެރެއިންނެވެ.

ޒައިނަބުގެ ގާތިލު ހޯދުމަށް އިންސާފަށް އެދި ގިނަ އަދަދެއްގެ މީހުން ޕާކިސްތާނުގެ މަގުތަކުގައި ގޮވާލަމުން ދިޔައިރު، އެއެއްވުމުގައި އިމްރާން އަލީ ވެސް ބައިވެރިވިއެވެ. ޒައިނަބުގެ ގާތިލަކީ އިމްރާންކަން ހާމަވީ، އެޢަމަލު ހިންގިކަމަށް ފުލުހުންނަށް ތުހުމަތު ކުރެވުނު 1000 އެއްހާ މީހުންގެ ޑީއެންއޭ ޓެސްޓު ކުރުމަށްފަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްރާން ޒައިނަބު ގެންގޮސްފައިވަނީ، އޭނާއަށް މޭޓާ ދީގެން ހައްދައިގެންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ