އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޯޓު ކަރުދާހަށް ހޫނު ކުރީ ވޯޓިފޮށި ދަށުގަ އުނދުނެއް ބަހައްޓައިގެންތަ؟

ވޯޓު ކަރުދާހަށް ހޫނު ކުރީ ވޯޓިފޮށި ދަށުގަ އުނދުނެއް ބަހައްޓައިގެންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ވޯތު ކަރުދާސްކޮޅު އަތަށް ލިބުމުން އަވަހަށް ވޯޓުލުމަށްފަހު އެތަނުން ނުކުންނަން ޖެހެއެވެ. ކިރިޔާ ލަސްކޮށްލި ނަމަވެސް އަވަސްކުރަން އޮފިޝަލުން ދިއައީ އަންގަމުންނެވެ.

ވޯޓުލައި ނިމުމުން ފޮށިން ކަރުދާސްތައް ނަގައި ބައި އަޅައި ގުނައި ހެދީ ވެސް ހަމަ ވަގުތުންނެވެ. ދެކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައެވެ. ވީމާ އެއްވެސް ކެންޑިޑޭޓެއްގެ ވޯޓު ކަރުދާސްކޮޅަށް ހޫނުކުރާނެ ނުވަތަ ފިނިކުރާނެ އެއްވެސް ފުރުޞަތެއް ނުލިބޭނެއެވެ. އެފަދަ ކަމެއް ކުރާނަމަ އެތަނުގައި ތިބޭ އެންމެންނަށް ފެންނާނެއެވެ. އެފަދަ ކަމެއް ކުރިކަމުގެ އެއްވެސް ޝަކުވާއެއްވެސް ހުށަހަޅާފައެއް ނުވެއެވެ.

މިކަންކަމަށްބަލާއިރު ވޯޓު ކަރުދާހަށް ހޫނުކުރެވޭނެ ހަމަ އެކަނި ވަގުތަކީ ކަރުދާސްކޮޅު ފޮށްޓަށް ލުމުން ފެށިގެން ގުނަން ނެގުމާއި ދެމެދެވެ. އެ ވަގުތު އެކަން ކުރެވޭނީ ވޯޓުފޮށި ބަހައްޓާފައިހުރި މޭޒު ދަށުގައި އުނުދުނެއް ބައިންދައިގެން ނުވަތަ ވޯޓު ފޮށި ބަހައްޓާފައި ހުރި މޭޒަށް ކަރަންޓު ދިނުން ފަދަ ކަމަކުން މުޅި ވޯޓުފޮށްޓަށް ހޫނުކޮށް އެތެރޭގައި ހުރި ކަރުދާހަށް ހޫނުކުރުމެވެ. އެގޮތަށް ހޫނުކުރިނަމަ ވަކި ކެންޑިޑޭޓެއްގެ ފާހަގަ ފޮހެވުން ވާނީ ވެސް ޖާދޫގެ ކަމަކަށެވެ.

ފާހަގަ ޖަހަން އަމިއްލަ ގަލަން ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން އައީ ހިއްވަރު ދެމުންނެވެ. ބޫތުގައި ބާއްވާފައި އޮތް ގަލަމަކުން ފާހަގަ ލުމުން ފޮހެވޭނަމަ އަނެއްކާވެސް ޖާދޫގެ މައްސަލައެއް އެބަ ކުރިމަތިވެއެވެ. އެއީ ވަކި ކެންޑިޑޭޓެއްގެ ފާހަގަފުހެވުމެވެ.

ދެންއޮތީ ކަރުދާހުގައި ފާހަގަ ލުމަށްފަހު ފަތްޖަހާ ގޮތަކުން ނުވަތަ އެނޫންވެސް ގޮތަކުން ފާހަގަ ބަދަލުވުމެވެ. މިއީ ވެސް އަދި ދުނިޔޭގައި އޮތް ޓެކްނޮލޮޖީއެއް ނޫނެވެ. އަދި ވޯޓު ކަރުދާސްކޮޅުގެ ވަކި ދިމާއެއްގައި ލާ ފާހަގަ ފޮހެވުމަކީވެސް އަދި ދުނިޔޭގެ އެއްވެސް ޗާޕުޚާނާއެއްގައި ބޭނުންކުރާ ޓެކްނޮލޮޖީއެއް ނޫނެވެ. މިހައި ކުޑަ ކަރުދާސްކޮޅެއްގެ ވަކި ދިމާއެއްގައި ކެމިކަލް އުނގުޅުމަކީވެސް އަދި މިހައިތަނަށް ކުރެވިފައިވާ ކަމެއްކަން އެނގޭކަށް ނެތެވެ.

ސްޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މިއަދު ދެކެވުނު ވާހަކަތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ މިބާވަތުގެ ޖާދޫގެ މައްސަލަތަކަކާއި ޖާދޫގެ އަނގޮޓިއެއްގެ ވާހަކަކަން ފާހަގަކުރެވެއެވެ. މިކަމުގައި އުފެދޭ އެންމެ ބޮޑު ސުވާލަކީ ވޯޓު ބާޠިލުކުރަން، ފާހަގަ ފޮހުން ފަދަ ހުރިހާ ކަންކަމެއް އެވަރަށް ކުރުމުންވެސް 2013 ވަނަ އަހަރުގެ ބާޠިލު ވޯޓުގެ އަދަދަކީ 6000 ވަރު ކަމަށްވެފައި މިފަހަރުގެ ބާޠިލު ވޯޓުގެ އަދަދަކީ 3132 ކަމެވެ. މިހުރިހައި ކަންކަމެއް ކުރުމުން ވެސް ބާޠިލު ވޯޓުގެ އަދަދު ކުރީގެ އިންތިހާބަށްވުރެ 50% މަދުވިކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް