އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރަނި ދިން މީހާ، ދަރަންޏަށް ދީފައިވާ ފައިސާގެ ޒަކާތް ދައްކަން ޖެހޭނެ!

ދަރަނި ދިން މީހާ، ދަރަންޏަށް ދީފައިވާ ފައިސާގެ ޒަކާތް ދައްކަން ޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

"މީހަކު ވިޔަފާރި ކުރުމަށް ފައިސާ ދިނީ 2 އަހަރު ފަހުން އަނބުރާ ފައިސާ ދައްކާގޮތަށް އެއްބަސް ކުރުވާފައެވެ. މިހާލަތުގަ ފައިސާ ދިން ފަރާތުން ފާއިތުވެގެންދާ 2 އަހަރުގައި އެފައިސާގެ ޒަކާތް ދައްކަން ޖެހޭނެތޯއެވެ. އަދި އެއްބަސްޗެފައިވާ މުއްދަތަށް ވިޔަފާރިވެރިޔާއަށް އެ ފައިސާ ނުދެއްކިއްޖެ ޙާލަތުގައިވެސް ފައިސާދިން ފަރާތުން އިތުރަށް ހިނގާ އަހަރުތަކަށް އެ ފައިސާއަށްވާ އަދަދަށް ޒަކާތް ދައްކަން ޖެހޭނެތޯއެވެ؟

"ދަރަންޏަށް މީހުންނަށް ދޭ ފައިސާގެ ޒަކާތް ދައްކާނީ ދަރަނި ދޭ ފަރާތުންނެވެ. ދަރަނި ނަގާ ފަރާތަކުން ނޫނެވެ. އެގޮތަށް ދަރަނި އަދާ ނުކުރެވި ފާއިތުވާ މުއްދަތުގެ ޒަކާތް ވެސް ދައްކާނީ ދަރަނި ދިން ފަރާތުންނެވެ. ދަރަނި ނަގާ ފަރާތަކުން ނޫނެވެ." ޝައިޚް ޝާފިޢު

ސުވާލު: އަޅުގަނޑު މީހަކަށް ދަރަންޏަށް ދީފައި ހުރި ފައިސާއިން މުދަލު ޒަކާތް ދައްކަން އަޅުގަނޑަށް ޖެހޭނެތޯ؟

"އެ ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަޤީންކަން އޮތްނަމަ ޒަކާތް ނެރޭނީ އެބައި (ދަރަންޏަށް ދީފައިވާ ފައިސާ) ވެސް ހިމަނައިގެންނެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް