އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުހިންމީ ފަނޑިޔާރުން ތިއްބެވި ތަނެއް ނޫން - އިންޞާފު ލިބޭނަމަ ނިމުނީ - ނުލިބޭ ނަމަ ހޯދާނެ!

މުހިންމީ ފަނޑިޔާރުން ތިއްބެވި ތަނެއް ނޫން - އިންޞާފު ލިބޭނަމަ ނިމުނީ - ނުލިބޭ ނަމަ ހޯދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

"ފަނޑިޔާރުން ތިއްބަވާ ތަން ބަލަން ބޭނުމެއް ނޫނެވެ. ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. އެއީ ފަނޑިޔާރުގޭގައި ފަނޑިޔާރުގެ ރަސްމީ ގޮނޑިކޮޅުގައި އިންނަވައިގެން ކުރައްވާ ޙުކުމްތައް އިންޞާފުވެރިވުމެވެ. އެއިރުން ރައްޔިތުން ބޭނުންވާ މަޤްޞަދު ޙާޞިލުވީއެވެ.

ދިވެހިންނަކީ އަބަދުވެސް ފަނޑިޔާރުގެ ތަކަށާއި ފަނޑިޔާރުންނަށް ވަރަށް ބޮޑަށް އިޙްތިރާމާއި ޤަދަރުކުރަމުން އައިބައެކެވެ. އެކަންކަން ބަދަލުވެފައި މިވަނީ ހަމަ ހުރެފަ ވީކަމެއްގެ ގޮތަކު ނޫނެވެ. ގިނަ ކަންތައްތަކެއް ހިނގައިގެންނެވެ.

މިއަދު މިވަނީ އެ ޙާލަތު ބަދަލު ކުރުމަށް ރަނުގެ ފުރުޞަތެއް ލިބިފައެވެ. މާތް ﷲގެ ވާދިފުޅާއިއެކު 11 ނޮވެމްބަރުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރައްވާނެ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުއްވާނެ ބޭފުޅެއް ނޫނެވެ. އަދި ފަނޑިޔާރުންނަށްވެސް ނުފޫޒު ފޯރުއްވާނެ ބޭފުޅެއް ނޫނެވެ.

ދިވެހި ރައްޔިތުންނަކީ ފެން ދީފަ އާއި ފެން ނުދީ ކަތިލެވޭ ޖަނަވާރުތަކަކަށް ހެދުން ހުއްޓާލެވެން އެބަޖެހެއެވެ. ހައްޤު މަޤާމާއި ޤަދަރު ލިބެން އެބަޖެހެއެވެ. ހުރިހާ ރައްޔިތުންގެ މައްޗަށް ހަމަހަމަކަމާއެއެކު އިންޞާފު ޤާއިމުކުރެވެން އެބަޖެހެއެވެ. އެ ޙައްޤު ކަށަވަރުވުމުން ނިމުނީއެވެ. އެއިރުން ދުނިޔޭގައި އެންމެ އުފަލުގައި ދިރިއުޅޭ ބައަކަށް ދިވެހިން ވެގެންދާނެއެވެ. ދުނިޔޭގެ އެންމެ ޞުލްހަވެރި އއަދި އެންމެ އަމާން ޤައުމަކީ ރާއްޖެ ކަމަށްވެސް ވެގެންދާނެއެވެ.

ރައްޔިތުން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދަނީ ސްޕްރީމް ކޯޓަށް ރައީސް ޔާމީނު ހުށަހަޅުއްވާފައިވާ މައްސަލައިގެ ޙުކުމަށެވެ. ރައްޔިތުންނަށް އިންޞާފު ލިބޭ މިންވަރު އެ ހުކުމުން އެނގިގެންދާނެއެވެ. ރައްޔިތުންނަށް ތިބެންޖެހޭނީ މަގުމަތީގައިކަން ނުވަތަ ނޫންކަންވެސް އެނގިގެންދާނެއެވެ.

ރައްޔިތުން އަބަދަކު އިންޞާފު ނުލިބިގެން ރައްޔިތުން ރޯން ނުތިބޭނެކަން ޤަބޫލުކުރަންވާނެއެވެ. ހޯދެން އޮތް ގޮތަކުން އިންޞާފު ހޯދާނެކަން ޤަބޫލުކުރަންވާނެއެވެ."

މިއީ ޕީޕީއެމްގެ ވައިބަރ ގްރޫޕެއްގައި ރޭ ދެކެވުނު ވާހަކައެއް ކަމަށް ބުނާ ވާހަކައަކާއި ގުޅިގެން މިއަދުނޫހުގައި ރޭ ޝާއިއު ކުރި ލިޔުމަކާއި ގުޅިގެން ކިޔުންތެރިއަކު ފައުޅުކުރި ޚިޔާލެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.

"ޕީޕީއެމަށްޓަކައި ޖާނު ދެމުންދިއަ މީހަކު މިރޭ ކުރި ޓްވީޓެއްގައިވެސް ހާމަކޮށްފައިވަނީ ވަރަށް ބިރުވެރި ޗެޓްލޮގެކެވެ. ޕީޕީއެމްގެ ވައިބަރ ގްރޫޕެއްގެ ޗެޓް ލޮގް ކަމަށް ބުނާ އެ ޗެޓްލޮގުގައި ބުނަނީ "މައްސަލަ ދަނީ ބަރާބަރަށް، ހާސް ނުވޭ އެއްވެސް ކުއްޖެއް. ފަނޑިޔާރުން ތިބީ ރައީސްގެ އަތްދަށުގަ. އެހެންވީމާ މިބުނީ އޯކޭ އުފާވެރި ޚަބަރު ލިބޭނެ ވަރަށް އަވަހަށް."


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް