އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗެނަލް 13 ޖަވާބުދާރީ ވާން ބްރޯޑްކޮމް އިން އަންގައިފި

ޗެނަލް 13 ޖަވާބުދާރީ ވާން ބްރޯޑްކޮމް އިން އަންގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި މެމްބަރުންގެ އަބުރަށް ހުތުރުވާ ގޮތަށް ޗެނަލް 13 އިން ކޮންޓެންޓް ފޮނުވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވާން، އެސްޓޭޝަނަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ އަންގައިފިއެވެ.

ޗެނަލް 13 އަށް ބްރޯޑްކޮމް އިން އަންގާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ އަބުރަށް ހުތުރުވާ ގޮތަށް ފޮނުވާފައިވާ ކޮންޓެންޓުތަކާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ ހަތް މައްސަލައަށް މިހިނގާ އޮކްޓޯބަރ މަހުގެ 28 ގެ ކުރިން ޖަވާބުދާރީ ވުމަށެވެ.

މިމައްސަލަތަކާއި ގުޅޭގޮތުން އެކޮމިޝަނުން ވެސް އަދި ޗެނަލް 13 އިން ވެސް އަދި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

އީސީއިން ޗެނަލް 13 އާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ އެޗެނަލުގެ ސްކްރީން ކަނަކަށް އީސީގެ މެމްބަރުންގެ ފޮޓޯ އަރުވާ "ފިލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މެމްބަރުން" ގެ ގޮތުގައި ލިޔެފައިވުމެވެ. އޭގެ އިތުުރުން އެކޮމިޝަނުގެ މެމްބަރުންގެ އަބުރު ގެއްލޭ ގޮތަށް ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ވެސް މައްސަލަ ހުށަހެޅިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ