އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

68 މިނިޓް ހިތް ހުއްޓިފައި އޮތް ފިރިމީހާ، އަނބިމީހާގެ މަސައްކަތުން ސަލާމަތްކޮށްފި

68 މިނިޓް ހިތް ހުއްޓިފައި އޮތް ފިރިމީހާ، އަނބިމީހާގެ މަސައްކަތުން ސަލާމަތްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

68 މިނިޓް (1 ގަޑިއިރާ 8 މިނިޓް) ވަންދެން ހިތް ހުއްޓިފައި އޮތް 63 އަހަރުގެ ފިރިމީހާ، އަނބިމީހާގެ މަސައްކަތުން ސަލާމަތްކޮށްފި އެވެ.

އަނބިމީހާ ބުނީ ފިރިމީހާ އެނދުގައި އޮތް ގޮތުން އޭނާއަށް ޝައްކުވެގެން ފުރަތަމަވެސް އެނދުން ތިރިކޮށް ތަޅުންގަނޑުގައި ބޭއްވުމަށްފަހު ސީޕީއާރު ޓްރީޓްމަންޓް ދޭން ފެށީ ކަމަށެވެ. އަދި އިމަރޖެންސީ ނަމްބަރަށް ގުޅީވެސް ފަރުވާ ދެމުން ކަމަށެވެ.

"ފުރަތަމަ އައީ އަލިފާން ނިއްވާ މީހުން. އެމީހުން އައީވެސް 20 މިނިޓް ފަހުން. ދެން އައީ ޕެރެމެޑިކް ޑޮކްޓަރުން. ދެން އައީ ހެލި ކޮޕްޓަރު. ފިރިމީހާ ނޭވާ ނުލައި ގިނައިރު ވުމުން ޑޮކްޓަރުން އުންމީދު ކަނޑައިލި. ފަރުވާ ދިނުން ހުއްޓާލާފައި ހޮސްޕިޓަލަށް ގެންދަން އުޅުނު. އެކަމަކު އަހަރެން އާދޭސްކުރަމުން ދިއައީ ހަމަ ފަރުވާދޭން. އެންމެ ހިނދު ކޮޅަކަށްވެސް މެދުކަނޑާ ނުލަން."

އަނބިމީހާ ސޫ ބުނީ ފަރުވާ ދެމުންދަނިކޮށް ފިރިމީހާ ނޭވާލާން ފެށުމުން ޑޮކްޓަރުންނަށްވެސް ހައިރާންކަން ލިބުނު ކަމަށެވެ. "އެމީހުން ބުނީ ފިރިމީހާ، ކްރިސް ސަލާމަތް ކުރެވުނީ އަވަހަށް ފަރުވާ ދޭން ފެށުނީތީ. އަދި އަހަރެންގެ އާދޭހަށް ފަރުވާ މެދުކަނޑާނުލައި އޮތްތަނުގައި ބާއްވައިގެން އެއްވާނަކަށް ފަރުވާ ދެވުނީތީ" ކަމަށްވެސް ސޫ ބުނެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް