އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑެންގީއާ ގުޅިގެން ސެނަހިޔާ އާއި ފުލުހުންގެ ކްލިނިކް އާއްމުންނަށް ހުޅުވާލައިފި

ޑެންގީއާ ގުޅިގެން ސެނަހިޔާ އާއި ފުލުހުންގެ ކްލިނިކް އާއްމުންނަށް ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ރާއްޖޭގައި މިހާރު ހަލުއިކަމާ އެކު ފެތުރެމުން ދާ ޑެންގީ ހުމާ ގުޅިގެން، ޑޮކްޓަރަށް ދެއްކުމަށް ސިފައިންގެ ހޮސްޕިޓަލް ސެނަހިޔާ އާއި ފުލުހުންގެ ކްލިނިކް އާއްމުންނަށް ހުޅުވާލައިފި އެވެ.

ޑެންގީ ކޮންޓްރޯލްކުރުމަށް ގިނަ މިނިސްޓަރުންތަކެއް ހިމަނައިގެން ސަރުކާރުން އެކުލަވާލި ޓާސްކް ފޯސް އިން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ޑެންގީގެ އިތުރުން އެހެނިހެން ބަލިތައް ވެސް މި ދުވަސްވަރު އިތުރުވެފައިވާތީ ހޮސްޕިޓަލްތަކަށް ވަރަށް ބާރު ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ، މަޖީދީމަގު، ތެލަސީމިއާ ސެންޓަރާ އިންވެގެން ހުންނަ ދަމަނަވެށީގައި ވެސް އިތުރު ވަގުތާއި ރޭގަނޑު ހިދުމަތްދީ، ސެނަހިޔާ އާއި ފުލުހުންގެ ކްލިނިކް އާއްމުންނަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑެންގީ ހުމުގައި މިހާތަނަށް 4 މީހަކު މަރުވެފައިވާއިރު، ބަލިން ރައްކާތެރިވުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މަދިރި ނައްތާލުމުގެ އިތުރުން އެކަމަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަދިރި މަދުކުރުމަށް މީގެ ތިން ދުވަސް ކުރިން ފެށިގެން ކޮންމެ ދުވަހެއްގެ ފަތިހު 5:30 ފެށިގެން މާލޭގެ މަގުތައް ފޮގް ކުރަމުން އަންނަ ކަމަށެވެ. އަދި މާލޭގެ ހުރިހާ ހުސް މައިދާންތަކާއި އާއްމުން ނުކުމެ އުޅޭ ހުރިހާ ތަންތަނުގެ އިތުރުން ވިލިމާލެ ވެސް މިހާރު ފޮގް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ފޮގް ކުރުމުގެ އިތުރުން މާލެތެރެ ސާފު ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.

އޭގެ އިތުރުން މާލޭގައި ކުނި އުކާލުމަށް އިތުރު އުފުއްޔެއް މިހާރު ވަނީ ހަމަޖައްސާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގޭގެއިން ނެރޭ ކުނިތައް މިހާރު އުފުއްޔަށް ވެސް އުކާލެވޭނެ ކަމަށާއި އެއީ ފަސޭހަ ގޮތެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މިހާރު ހުރި ހިސާބުން ޑެންގީ ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެކަމަށް ފިޔަވަޅެއް ނާޅައިފިނަމަ ނުރައްކާތެރި ދަރަޖައަކަށް ހުން ފެތުރިގެން ހިނގައިދާނެ ކަމަށެވެ. އެހެންވެ، މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު