އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްޖު، އުމުރާ ކިޓް އަދި ޢަޤީޤާ ޕެކޭޖް ތަޢާރަފްކޮށްފި

ހައްޖު، އުމުރާ ކިޓް އަދި ޢަޤީޤާ ޕެކޭޖް ތަޢާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ޙައްޖު ކޯޕޮރޭޝަނުން ޙައްޖު އުމުރާ ކިޓް އާއި ޢަޤީޤާ ޕެކޭޖް ތަޢާރަފްކޮށްފިއެވެ. މިކަމަށްޓަކައި ރޭ ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތުގައި ޙައްޖު އުމުރާ ކިޓް އާއި ޢަޤީޤާ ޕެކޭޖް އިފްތިތާޙްކޮށްދެއްވެވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމް ދީދީ އެވެ.

ޙައްޖާއި އުމުރާގެ ކިޓްގައި ހިމެނެނީ ދަބަހާއި އަތްދަބަހާއި ފައިވާންލާނެ ދަބަހާއި ޓޮއިލެޓަރީޒް އަޅާ ދަބަހާއި އިޙްރާމް ފޮށައާއި ޕެންޑްރައިވް ފަދަ ތަކެއްޗެވެ.

މީގެ އިތުރުން ހައްޖާއި އުމުރާގެ ދުޢާތައް މާނައާއިއެކު ފެންޖެހުނަސް ހަލާކުނުވާނެ ގޮތަށް، ފަސޭހައިން ގެންގުޅެވޭނެ ގޮތަށް ނޯޓް ފޮތެއްގެ ގޮތުގައި ތައްޔާރުކޮށް ވަނީ ޕެކޭޖްގައި ހިމަނާފައެވެ.

މީގެތެރެއިން ފޮށި ތައްޔާރުކުރުމަށް އެސްޓީއޯ އިންވަނީ ސްޕޮންސަރކޮށްފައެވެ.

ހައްޖު ކޯޕޮރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވީ ޕެކޭޖްގައި ހިމެނޭ ތަކެތި ފަރުމާކޮށްފައިވަނީ ހައްޖު ކޯޕޮރޭޝަނުން ކަމަށެވެ. އަދި އުމުރާ އަށާއި ހައްޖަށްދާ ކޮންމެ މީހަކަށް މީގެ ޕެކޭޖެއް ހިލޭ ދޭނެ ކަމަށެވެ.

ޔާމީން އިދްރީސް ވިދާޅުވީ ޕެކޭޖްގައި ހިމެނޭ ތަކެތީގައި ސްޕޮންސަރކުރާ ފަރާތްތަކުގެ އިޝްތިހާރު ޖަހައިދޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު އިޝްތިހާރު ހޯދަން ހައްޖު ކޯޕޮރޭޝަނުން މަސައްކަތް ކުރާނެ ކަމަށެވެ.

މިރަސްމިއްޔާތު ތަޢާރަފްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޙައްޖު ކޯޕޮރޭޝަންގެ ޗެއަރޕަރސަން ޑރ. ޢާއިޝަތު މުނީޒާ ވިދާޅުވީ ހައްޖު ކޯޕޮރޭޝަން ސަރުކާރުން އުފެއްދީ ވީހައި ހެޔޮ އަގުތަކެއްގައި ހައްޖާއި އުމުރާ ވުމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށާއި އެ މަޤްޞަދު މިހާރު އަންނަނީ ޙާޞިލުވަމުން ކަމަށެވެ.

ޑރ. މުނީޒާ ވިދާޅުވީ ހައްޖު ކޯޕޮރޭޝަންހެ އުމުރުން އަދިމިވީ އަހަރެއްހައި ދުވަސް ކަމަށާއި އެކުރު މުއްދަތުގެ ތެރޭގައި މިހައި ބޮޑު ކުރިއެރުމެއް ހޯދިފައި މިވަނީ މިކަމުގައި އެންމެ ކުރިއަރާފައިވާ މެލޭޝިޔާ، ސިންގަޕޫރު ފަދަ ޤައުމުތަކުގައި ކަންކަން ކުރާގޮތް ނަމޫނާއަކަށް ބަލައިގެން ކަން ކުރަމުން ގެންދާތީ ކަމަށެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ ހައްޖު ކޯޕޮރޭޝަނުގެ ކަންކަން މިހައި ބާރަށް ކުރިއަށްދަނީ އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމް ދެއްވާ ސަމާލުކަމުގެ ސަބަބުން ކަމަށެވެ.

ހައްޖު ކޯޕޮރޭޝަނުގެ ކަންކަން ކުރިއަށް ގެންދިއުމަށާއި ހައްޖުވެރިންނަށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމުގައި ކުންފުނީގެ ވެރިންނާއި މުވައްޒިފުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި ޑރ. ޒިޔާދު ވަނީ އެއެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް