އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟަން ސްޕޯރޓް ފެސްޓިވަލް 2015 ގެ ފިރިހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ޓީމް ހޯދައިފި

ރަމަޟަން ސްޕޯރޓް ފެސްޓިވަލް 2015 ގެ ފިރިހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ޓީމް ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު



ށ.އަތޮޅު ޔޫތް ސެންޓަރުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ރަމަޟަން ސްޕޯރޓް ފެސްޓިވަލް 2015 ގެ ފިރިހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ޓީމް ހޯދައިފިއެވެ.

ޕޮލިސް ޓީމް މި މުބާރާތުގެ ޗެމްޕިއަންކަށް ހޯދީ ފައިނަލް މެޗްގައި ޔަންގްފޯސް އާ ބައްދަލްކޮށް ސީދާ 03 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ޓީމްގެ ޖޯޒީ ނަންބަރު 07 ޞާދިގު މޫސާއެވެ.

ފައިނަލް މެޗް ނިމުމުން ވަނަވަނަ އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ށ.އަތޮޅުކައުންސިލްގެ ރައީސް މުހައްމަދު އާރިފްއެވެ.

މި މުބާރާތުގެ އެންމެމޮޅު ކުޅުންތެރިއަކަށް އަދި އެންމެމޮޅު ސްޕައިކަރ އަކަން ހޮވިފައިވަނީ ޕޮލިސް ޓީމްގެ ޖޯޒީ ނަންބަރު 07 ޞާދިގު މޫސާއެވެ.

ޖުމްލަ ހަތަރު ޓީމް ބައިވެރިވި މި މުބާރާތުގެ މަޤްސަދަކީ ޒުވާނުންގެ މެދުގައި އޮއްނަ އެކުވެރިކަން އިތުރަށްއާލާކޮށް މުޖުތަމައުގައި ބޭނުންހިފޭ ބައަކަށް ޒުވާނުންހެދުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Sequoia 2016-01-20 18:20:56

Great article but it didn't have evtieyhrng-I didn't find the kitchen sink!


މޫސާ ވަހީދު