އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައުމޫނަށް ރައީސްކަން ގެއްލޭ ގޮތަށް ޕީޕީއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރަނީ

މައުމޫނަށް ރައީސްކަން ގެއްލޭ ގޮތަށް ޕީޕީއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

ޕީޕީއެމްގެ ރައީސްކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް ގެއްލޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރަން މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެން ބާއްވާ ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕާޓީގެ ރައީސްގެ މަގާމު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ލިބިވަޑައިގަންނަވާ ގޮތަށް ގަވާއިދު އިސްލާހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޕާޓީގެ ރައީސްކަމުގެ މަގާމުން މައުމޫން ދުރުކޮށް އެމަނިކުފާނަށް ދިނުމަށް ހަމަޖެހިފައިވަނީ ރަމްޒީ މަގާމެއްކަމަށްވެސް ވަނީ އެނގިފައެވެ.

ޕީޕީއެމްގެ އިސް އޮފިޝަލަކުވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އެކަން ކުރުމަށް ޕާޓީގެ ގޮފިތަކުގެ ތާއީދު ހޯދުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ އަސާސީ ގަވާއިދު ބުނާ ގޮތުން ރައީސް ޔާމީނަކީ ޕީޕީއެމްގެ މުސްތަޝާރު ކަމަށާއި ނަމަވެސް މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެ އިސްލާހު ފާސްކުރުމަށް ޕާޓީގެ ގައުމީ ޖަލްސާގައި ބައިވެރިވާ މީހުންގެ ތިންބައިކުޅަ ދެބައި މީހުންގެ ތާއީދު ބޭނުންވާތީ ތާއީދު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ކޮންގްރެސްއަށް ތައްޔާރުވުމަށް ވެސް ގޮފިތަކަށް އަންގަމުންދާ ކަމަށެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ޕާޓީގެ މެމްބަރަކު ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބެއްގައި ވާދަކޮށް ރައީސް ކަމުގެ މަގާމަށް ހޮވިއްޖެނަމަ، އެ މެމްބަރަކު ރައީސް ކަމުގައި ދެމިހުންނަވާ އަދި ޕާޓީގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނަވާހާ ހިނދަކު އެ މެމްބަރަކު ވާނީ އެ ޕާޓީގެ މުސްތަޝާރަށެވެ.

އެ ގަވާއިދުގެ 57 ވަނަ މާއްދާގެ ށ ގައި ބުނެފައިވަނީ "ޕީޕީއެމްގެ މުސްތަޝާރު އަކީ ޕާޓީގެ ރައީސްއަށް ފަހު ޕާޓީގެ އެންމެ ގަދަރުވެރި މަގާމެވެ." މިފަދައިންނެވެ. އަދި އެ މާއްދާގެ ނ ގައި ބުނެފައިވަނީ "ޕީޕީއެމްގެ މުސްތަޝާރު އަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫނެވެ." މިފަދައިންނެވެ.

ނަމަވެސް އެ މާއްދާގެ ރ ގައި ބުނެފައިވަނީ "މި މާއްދާގެ ނ ގައި މިހެން އޮތް ނަމަވެސް، ޕީޕީއެމްގެ މުސްތަޝާރު އަށް ޕާޓީގެ ރައީސްއަށް ޕާޓީ ހިންގުމުގައި ސީދާ ލަފައާއި އިރުޝާދު ދެއްވުމުގެ އިހްތިޔާރު ލިބިވަޑައިގަންނަވައެވެ." މިފަދައިންނެވެ.
ޕީޕީއެމްގެ ރައީސްގެ މަގާމުން ރައީސް މައުމޫން ދުރުކޮށް އެ މަގާމަށް ރައީސް ޔާމީން ގެނެއުމަށް މަސައްކަތް ކުރަމުންދާއިރު ރައީސާއި ނައިބު ރައީސްގެ އުމުރުބަދަލުކުރުމަށް މަޖިލީހުން ފާސްކުރި އިސްލާހާއި މައުމޫން ވަނީ ދެކޮޅު ހައްދަވާފައެވެ. .

އަދި ޕާޓީގެ ކައުންސިލުގައި މަޝްވަރާ ކުރުމެއް ނެތި ޕާލިމެންޓަރީ ގްރޫޕުން ބޮޑެތި ނިންމުންތައް ނިންމަމުންދާތީ މައުމޫން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި އެކަމަށް މަޖިލީހުގައި ނެގި ވޯޓުގައި މައުމޫނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫނު ބައިވެރިވަޑައެއް ނުގަންނަވައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު