އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ކިޔަވާ ލޯނު" ކިޔަވައި ނިމެންދެން ދޫކުރަން ބީއެމްއެލް އިން ނިންމައިފި

"ކިޔަވާ ލޯނު" ކިޔަވައި ނިމެންދެން ދޫކުރަން ބީއެމްއެލް އިން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ބޭންކް މޯލްޑިވްސް އިން ދޫކުރާ "ކިޔަވާ ލޯނު" ކިޔަވައި ނިމެންދެން ދޫކުރަން ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

ބީއެމްއެލް އިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ މަތީ ތައުލިމު ޙާޞިލުކުރުމަށް ބޭންކުން ދޫކުރާ ލޯނު ލިބޭ ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރު ބޭނުންވާ ކޯސް ފުރިހަމަކޮށް ނިމެންދެން ދޫކުރަން ހަމަޖައްސައިފިކަމަށެވެ. އަދި މިގޮތަށް ހަމަޖެއްސީ ދަރިވަރުންނަށް އިތުރު ލުއި ފަސޭހަތައް ޙޯދައިދިނުމަށް ކަމަށެވެ.

ބީއެމްއެލް އިން ބުނެފައިވަނީ ކުރިން މި ލޯނަށް އެދެވޭނީ 4 އަހަރަށް ވުރެ ކުރު ކޯސްތަކަށް އަދި އުމުރުން 35 އަހަރުން ދަށުގެ ފަރާތްތަކަށް ނަމަވެސް މިހާރު ކޮންމެ އުމުރެއްގެ މީހަކަށްވެސް އެދެވޭނެ ކަމަށެވެ.

މިބަދަލާއި ގުޅިގެން މިހާރު އެމްބީބީއެސް ޕައިލެޓް ޓްރެއިނިންގ އަދި އޭސީސީއޭ ފަދަ ޕްރޮފެޝަނަލް ކޯސްތައް ހެދުމަށްޓަކައި ބީއެމްއެލް ކިޔަވާ ލޯން އަދި ހުށަހެޅުމުމުގެ ފުރުސަތު ދަރިވަރުން ނަށް ލިބިގެން ދާނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.

ބޭންކުން ބުނީ ލޯން އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު ތައުލީމް ހާސިލް ކުރުމަށްފަހު ލޯން އަބުރާ ދައްކަން ފެށުމުގެ ފުރުސަތުވެސް ދަރިވަރުންނަށް ލިބޭނެ ކަމަށެވެ.

މި ބަދަލާއި ގުޅިގެން ބީއެމްއެލްގެ ޑިރެކްޓަރ ރީޓޭއިލް ބޭންކިންގ މުޙައްމަދު ޝަރީފް ވިދާޅުވެފައިވަނީ މަތީ ތައުލިމު ހާޞިލުކުރަން ބޭނުންވާ ވަރަށް ގިނަ ދަރިވަރުންނަށް މިބަދަލުގެ ސަބަބުން ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ގައުމީ ބޭންކްގެ ހައިސިއްޔަތުން ތައުލީމީ ޒުވާނުންނާއިއެކު މުޖްތަމައު ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކުރުމަކީ ބޭންކް އޮފް މޯލްޑިވްސްގެ ޒިންމާއެއް ކަމަށް ބޭންކުން ދެކޭ ކަމަށެވެ.

ބީއެމްއެލް އިން ވަނީ ދާދިފަހުން ޓީޗަރުންނަށް ޚާއްޞަ ލޯނު ސްކީމެއް ތައާރަފްކޮށްފައެވެ.

ތައުލީމަށް ބީއެމްއެލް އިން މިހައި ފުޅައު ދާއިރާއެއްގައި އިންވެސްޓް ކުރަން ފެށުމަކީ ގިނަބައަކަށް މަތީތައުލީމު ހާޞިލުކުރުމުގެ މަގުފަހިވެގެންދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް