އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖެނެރަލް އިބްރާހިމްދީދީގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ޖެނެރަލް އިބްރާހިމްދީދީގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުގެ ކުށުގައި މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަދި ހިތަދޫ މެދު ދާއިރާގެ މިހާރުގެ މެންބަރު ރިޓަޔާޑް ބްރިގޭޑިއަ ޖެނެރަލް އިބްރާހީމް ދީދީ ގެ މައްޗަށް ކޮށްފައިވާ ޓެރަރިމްގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދީދީގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދަން ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އަނބުރާ ގެންގޮސްފައިވަނީ މިހަފުތާގެ ތެރޭގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުވާ އަނބުރާ ގެންދިޔަކަން އިބްރާހީމް ދީދީއަށް ވެސްވަނީ އަންގާފައެވެ.

ދައުވާ އަނބުރާ ގެންދިއުމަށް ޕީޖީން ނިންމާފައިވަނީ ކާނަލް މުހައްމަދު ޒިޔާދުއާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާތީއެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި އިބްރާހީމް ދީދީގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާވަނީ އިންކާރު ކުރައްވާފައެވެ. އިބްރާހީމް ދީދީގެ މައްޗަށް އެ ދައުވާ އުފުލި ނަމަވެސް ބަލި ހާލަތު ހުރި ގޮތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމާ ގުޅިގެން އެމައްސަލަ އިތުރަށް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އިބްރާހީމް ދީދީ އަދި ވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު