އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްތުވާ ތަކެތީގެ އާފަތުން ސަލާމަތް ވެވޭނީ މަސްތުވާތަކެތީގެ ވަގުވިޔަފާރި މުޅިން ހުއްޓިގެން

މަސްތުވާ ތަކެތީގެ އާފަތުން ސަލާމަތް ވެވޭނީ މަސްތުވާތަކެތީގެ ވަގުވިޔަފާރި މުޅިން ހުއްޓިގެން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

މަސްތުވާ ތަކެތީގެ އާފަތުން ސަލާމަތް ވެވޭނީ މަސްތުވާތަކެތީގެ ވަގުވިޔަފާރި މުޅިން ހުއްޓިގެން ކަމަށާއި އަޅުގަނޑުމެންގެ މި ލޮބުވެތި ފަސްގަނޑަށް އެ އެތެރެކުރިއަ ނުދީ، އަދި މިވަބާ ފަތުރަން މަސައްކަތް ކުރާ މީހުންގެ ކުރިމަތީގައިވާ ހުރިހައި ދޮރުތަކެއް ބަންދު ކޮށްގެން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެތީގެ ދުވަހާއި ގުޅުވައިގެން އެމިނިސްޓްރީން އެކުލަވައިލި ޚުޠުބާގައި ވަނީ މަސްތުވާ ތަކެތީގެ ބޭނުންކުރުމާއި އެއިގެ ވިޔަފާރި ކުރުމަކީ އިސްލާމީ ޝަރީއަތުގެ މަޤްސަދުތަކާ ޚިލާފު ކަމެއް ކަމަށެވެ.

"އިސްލާމީ ޝަރީއަތް އައިސްފައި ވަނީ ދީނާ، ނަފްސާ، ބުއްދިއާ، ނަސްލާ މުދާ ރައްކައުތެރިކޮށް ދެއްވުމަށްޓަކައި. މަސްތުވާ ތަކެތި ދީނާ އިދިކޮޅު ކަމަކަށް ވަނީ އެކަމުގެ ސަބަބުން ﷲ ގެ މަތިން ހަނދުމަ ކުރުމާ ދުރަށް ދެވޭތީ. މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހާ ނަމާދެއް ނުކުރާނެ. އަދި ރޯދައެއްވެސް ނުހިފާނެެ. އޭނާ ގުރުއާނެއް ނުކިޔަވާނެެ. އޭނާ ﷲ ގެ މަތިން ހަނދުމައެއް ނުމެ ކުރާނެ" މެއެވެ.

ޚުޠުބާގައި ވަނީ މަސްތުވާ ތަކެއްޗަކީ ނަފްސު ރައްކައުތެރިކޮށްދޭ އެއްޗެއް ނޫން ކަަމަށާއި މަސްތުވާތަކެތީގެ ސަބަބުން ނަފްސު ދާނީ ހަލާކު ވަމުން ކަމަށެވެ. މަސްތުވާ ތަކެތީގެ ޝިކާރަ ވެގެންދާ ބައެއް މީހުން ނިމެނީ އަމިއްލައަށް މަރުވެގެން ކަމަށާއި އަމިއްލަ ނަފްސު ކޮންޓްރޯލު ނުކުރެވޭ މީހަކަށް ހަޔާތުގެ އަގެއް ނުއެނގޭނެ ކަމަށެވެ.

ޚުޠުބާގައި ވަނީ މަސްތުވާތަކެތީގެ އަވާގައި ޖެހިފައިވާ މީހާއަކީ ނަސްލާވެސް އިދިކޮޅު މީހެއް ކަމށާއި އޭނާއަކީ އޭނާގެ އަނބިދަރީންނަށް އަޅައިލާނެމީހެއް ނޫން ކަމަށެވެ. މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހަކީ މުދާ ރައްކައުތެރިކޮށް ބަލަހައްޓާނެ މީހެއް ނޫން ކަމަށާއި އޭނާގެ ހުރިހާ މުދަލެއް ހޭދަކުރާނީ އޭނާގެ ލޯބިވެރިޔާ ކަމުގައިވާ މަސްތުވާ ތަކެއްޗަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކަމަށް ރައްކައުތެރި ވެވިދާނެއެވެ. ފަރުވާއަށް ވުރެ މުހިއްމީ ރައްކައުތެރިވުމެވެ. މި ކަމަށް އޮތް އެންމެ ރަނގަޅު ރައްކައުތެރި ކަމަކީ ދީނީ ރަނގަޅު ތަރުބިޔަތެވެ. އަޅުގަނޑުމެންގެ ދަރިންނަށް ދީނީ ރަނގަޅު ތަރުބިޔަތު ދީ ރަނގަޅު ސާލިހު ވެއްޓެއްގެ ތެރޭގައި ދިރިއުޅެވޭނެ މަގުތައް ތަނަވަސްކޮށް ދެވިއްޖެ ނަމަ އެ ކުދިންނާ ހަމައަށް މަސްތުވާ ތަކެއްޗަކަށް ނާދެވޭނެއެވެ. ރަނގަޅު ރަހްމަތްތެރިން އެކުދީންނަށް ހޯދައިދެވިއްޖެ ނަމަ ނުބައި އެކުވެރިންނަކަށް އެކުދިންގެ ހިތްތަކުން ޖާގައެއް ނުލިބޭނެއެވެ. އަޅުގަނޑުމެންގެ ދަރިން ރަނގަޅު ސާލިހު ވެއްޓެއްގެ ތެރޭގައި ބޮޑު ކުރެވިއްޖެ ނަމަ، ﷲ ދެކެ ބިރުގަންނަ ކުދިންތަކެއް ކަމުގައި ހެދިއްޖެ ނަމަ، ދީން މަނާކުރާ އެއްވެސް ކަމަކާ އެކުދިން ގާތެއް ނުވާނެއެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް