އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދީގައި ދަމުނަމާދުކުރަން ފަށައިފި

ސައުދީގައި ދަމުނަމާދުކުރަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު



ރަމަޟާން މަހުގެ ފަހު 10 ފެށުމާއިއެކު ސައުދިއަރަބިޔާގައި ވެސް ރޭ (ޤިޔާމް އަލް ލައިލް) ދަމުނަމާދު ކުރަން ފަށައިފިއެވެ.



ވެރިރަށް ރިޔާޛްގެ ޝީބާނީ މިސްކިތުގެ އިމާމް އައްޝައިޚް މުހައްމަދު ޢުބައިދުﷲ ވިދާޅުވީ ރަމަޟާން މަހުގެ ަފހު ދިހައިގައި ޚާއްޞަކޮށް ކުރާ ދަމުނަމާދު ސައުދީގެ މިސްކިތްތަކުގައި ފަށާނީ މެންދަމު 1:00 ގައި ކަމަށެވެ.



"އަހަރެމެން ކުރަނީ 6 ރަކްޢަތް. އެއީ ދެ ރަކްއަތުން ކުރާ 3 ނަމާދު. އެއަށްފަހު ވިތްރް ކުރާނީ. ހޭދަވާނީ ގާތްގަޑަކަށް 75 މިނިޓް."



ސައުދީގެ މިސްކިތްތަކުގައި ރޭ އަޅުކަމުގައި ގިނަ ބައަކު ހޭދަކުރެއެވެ. އެކަމަށް ފުރުޞަތުދިނުމުގެ ގޮތުން ސައުދީ ސަރުކާރުން ކަނޑައަޅާފައި އޮންނަނީ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރުގެ މުވައްޒިފުންނަށް ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައެވެެ.



ސައުދީގެ މިސްކިތްތަކުގައި ވަގުތުތައް ހޭދަކުރާ މީހުން ކެއުން ބުއިމާއިމެދު ވިސްނާކަށް ނުޖެހެއެވެ. ހެޔޮ އެދޭ ފަރާތްތަކުން އެކަންކަން ހުންނަނީ ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްފައެވެ.



ކީރިތި ޤްރްއާން ބާވައިލެއްވެވުނީ ލައިލަތުލްޤަދްރް ވިލޭރޭގައެވެ. ފަހު ދިހައިގައި ގަދައަލައި މަސައްކަތްކުރަން މިޖެހެނީ އެރޭގެ މަތިވެރި ޘަވާބާއި ދަރުމަ ޙޯދުމަށެވެ. އެރެއަކީ 1000 މައްސަރު ނުވަތަ 83 އަހަަރަށްވުރެ ﷲގެ ހަޟްރަތުގައި މާތްވެގެންވާ ރެއަކަށްވާތީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް