އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫއޭއީގައި "ޚަލީފާވެރިކަމެއް" ޤާއިމުކުރަން އުޅުނުކަމުގެ ކުށުގައި 41 މީހަކަށް ދައުވާ ކުރަނީ

ޔޫއޭއީގައި "ޚަލީފާވެރިކަމެއް" ޤާއިމުކުރަން އުޅުނުކަމުގެ ކުށުގައި 41 މީހަކަށް ދައުވާ ކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިކަން ވައްޓާލައި އެޤައުމުގައި "ޚަލީފާވެރިކަމެއް" ޤާއިމުކުރަން އުޅުނުކަމުގެ ކުށުގައި 41 މީހަކަށް ދައުވާ ކުރަން ބަންޑާރަ ނައިބު ނިންމަވައިފިއެވެ.

ޔޫއޭއީގައި މިހައި ގިނަ މީހުންނާ ޓެރަރިޒަމްގެ ދައުވާކޮށް ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ޝަރީއަތް ކުރުމަކީ ވަރަށް މަދުން ނޫނީ ކުރާ ކަމެއް ނޫނެވެ.

ނަމަވެސް މިއެންމެންގެ މައްޗަށް ދައުވާ އުފުލަން ނިންމީ އެމީހުން "ހައްދު ފަހަނައަޅައިފައިވާ ސުންނީ" ގްރޫޕުތަކާއި ގުޅި ގައުމުގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކޮށްފައިވާކަމަށް ބެލެވޭތީއެވެ.

އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ސެލްތައް އުފައްދައި ހަނގުރާމަވެރިން ތަމްރީނުކުރުމާއި ގޮވާތަކެތި ތައްޔާރުކުރުން ފަދަ މައްސަލަތައް ހިމެނެއެވެ.

ބަންޑާރަ ނައިބު ތުހުމަތު ކުރައްވާ ގޮތުގައި މި މީހުން ވަނީ ހަނގުރާމަވެރި އަމަލުތައް ހިންގުމަށް ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅިފައެވެ.

އައިއެސްގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ދެކޮޅަށް މިހާރު ކުރިއަށް ގެންދާ ހަރަކާތްތައް ގެންދަނީ އިތުރަށް ފުޅައު ކުރަމުންނެވެ. އެހެންކަމުން ހަނގުރާމަވެރި ޖަމާއަތްތަކަށް ދަނީ ފުރުޞަތުތައް ހަނިވަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް