އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާރެސް ފިރިހެން ޑިވިޜަން ވޮލީ މުބާރާތް ޖުލައި މަހު ބާއްވަން ނިންމައިފި

މާރެސް ފިރިހެން ޑިވިޜަން ވޮލީ މުބާރާތް ޖުލައި މަހު ބާއްވަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު


ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) އިން ފިރިހެނުންނަށް ޚާއްޞަކޮށްގެން ބާއްވަމުން އަންނަ ވޮލީ މުބާރާތް ޖުލައި މަހު ބޭއްވުމަށް ނިންމައިފިއެވެ.

އެ ޖަމިއްޔާއިން ބުނީ ފައިބެއަހަރު ބާއްވަންފެށި އަތޮޅު ވޮލީބޯޅަ މުބާރާތުގެފިރިހެން ޑިވިޜަން ވޮލީ މުބާރާތް މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މިއީ މާރެސްއިން މުޅި އަތޮޅަށް ހުޅުވާލައިގެން ފިރިހެނުންނަށް ބާއްވާ ފުރަތަމަ އަތޮޅުމުބާރާތެވެ.

2016 ވަނަ އަހަރުގެ ތަޢާރަފްކުރި މި މުބާރާތުގެ އަންހެން ޑިވިޜަން މުބާރާތުގައިއެ އަތޮޅުގެ 3 ރަށަކުން ވާދަކޮށްފައިވާއިރު، 2017 ވަނަ އަހަރު 5 ރަށަކުންވަނީ ވާދަކޮށްފައެވެ.

މިއީ އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށްއެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުޞަތުހޯދައި ދިނުމާއިކުންތެރިންގެ ހުނަރު ރަނގަޅުކުރުމާއި އެކުވެރިކަން އާލާކުރުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.

ރަށުފެންވަރުގައިވޮލީބޯޅަ ކުރިއެރުވުމަށްޓަކައި މާރެސް ޖަމިއްޔާއިން ރާއްޖެއިން ބޭރުގެ ކޯޗުން ގެނެސްގެން ވަނީ މިހާތަނަށް 2 ކޯޗިންގކޭމްޕްވެސް ބާއްވާފައެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް