އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ، ކުރިއަށްދިއުމުގައި ހުރަސްތަކެއް....

ރާއްޖެ ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ، ކުރިއަށްދިއުމުގައި ހުރަސްތަކެއް....


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

މިހާރު ކުރިއަށްދާ ފަސް ވަނަ ސާބާ ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ، މުބާރާތުގައި ކުރިއަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

ނޭޕާލާއި ދެކޮޅަށް އިއްޔެ އެޓީމު ކުޅުނު މެޗުން މޮޅުވި ނަމަ، މުބާރާތުގެ ދެ ވަނަ ހޯދުމަށް ރާއްޖޭގެ ޤައުމީ ބާސްކެޓް ޓީމަށް ފުރުޞަތު ތަނަވަސްވި ނަމަވެސް އެ މެޗުންވެސް ވަނީ ބަލިވެފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗު ނޭޕާލުން ކާމިޔާބުކުރީ 61-59 ޕޮއިންޓުންނެވެ.

މިމުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އަތުން 84-42 ޕޮއިންޓުން ބަލިވެފައިވާތީ ނޭޕާލު މެޗަކީ ދިވެހި ޓީމަށް މުހިންމު މެޗެކެވެ.

ސާބާ ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ބައްދަލުކުރާނީ އިންޑިއާ އާއި ސްރީލަންކާއެވެ. ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ބަންގްލަދޭޝްއެވެ.

ލީގި އުސޫލުން ކުޅޭ މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އެއްބުރު ކުޅެ ނިމޭއިރު، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް