އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައުމޫން ފައިންޑޭޝަންގެ އިޙްޔާ ފޯރަމް ބޭއްވުމަށް ނިންމައިފި

މައުމޫން ފައިންޑޭޝަންގެ އިޙްޔާ ފޯރަމް ބޭއްވުމަށް ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ"މައުމޫން ފައުންޑޭޝަނުން" ކޮންމެ އަހަރެއްގެވެސް ރޯދަމަހު ބާއްވަމުންއަންނަ އިހްޔާ ފޯރަމް މިއަހަރު ބޭއްވުމަށް އަލުން ނިންމައިފިއެވެ.

އެ ފައުންޑޭޝަނުން ބުނީ އެފައުންޑޭޝަންގެ ރައީސްއަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖެއިން ބޭރަށް ކުރެއްވިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެވަޑައިގަތުމާއިގުޅިގެންރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެގޮތުން ފައުންޑޭޝަނުގެ ފަރާތުންޖަލްސާއެއް ބާއްވަވާގޮތަށް ހަމަޖައްސަވާފައިވާކަމަށެވެ.

މި ފޯރަމް އޮންނާނީ 26 ރަމަޟާން 1438 ވާ ބުދަ ދުވަހުގެރޭ (ރަމަޟާން މަހުގެ27 ވިލޭރޭ) ޝީ ބިލްޑިންގ ގެ އަސަރީ މާލަމުގައިކަމަށާއި ޖަލްސާ ފެށުމަށްހަމަޖެހިފައިވަނީ އެރޭ 22:00ގައި ކަމަށްވެސް އެ ފައުންޑޭޝަނުން ބުންޏެވެ.

މެދުނުކެނޑި ބާއްވަމުން އަންނަތާ 38 އަހަރުވެފައިވާ މައުމޫން ފައުންޑޭޝަންގެ އިޙްޔާ ފޯރަމް މިއަހަރު ނުބޭއްވުމަށް ނިންމާފައިވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭއިން ބޭރުގައި ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތުމުންނެވެ.

ޤުރްއާން ކިޔެވުމާއި ދީނީ ނަސޭހަތް ދިނުމުގެ މައްޗަށް ބިނާކޮށް،ކުރިއަށްގެންދާ އިޙްޔާ ޕްރޮގްރާމަކީ ދީނަށް ހޭލުންތެރި ކުރުމުގެ ގޮތުންރޯދަމަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް