އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގެ ދުޢާ

އަޅުގެ ދުޢާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ވަޔާއެކު އަންނަ ޠޫފާނުން ސަލާމަތް އަޅު ކުރައްވާނދޭ
........................... ހަޔާތުގެ ދަތުރުގައި ދުނިޔޭން އަމާންކަން ދެއްވަވާފާނދޭ
ތުރާލުން މިންޖު ކޮށްދެއްވައި ބަލާ އާފާތްތަކުން ދުރުކޮށް
........................... ދުރާގާތުން އުޅެންވީ މަގު ހަޔާތުން ދައްކާވާފާނދޭ
ނަސީބާނަސްރު ލިބި އުފަލުން އަގީދާ ހަރުދަނާ ކުރުމަށް
........................... ނަސީބެއް ނަފްސަށާ މިހިތަށް ލިބުން މިންވަރު ކުރައްވާނދޭ
ދަތުރު ކުރަމުން މިދާ ކަނޑުގައި ދެވޭ މިސްރާބު ސީދާކޮށް
........................... ދަތުރު ނިންމަން އަމާން އައްސޭރިއެއް އަދު ދައްކަވާފާނދޭ
ކުރާ ހެޔޮކަންތަކަށް މިއަޅާ އުޅޭ ދުކުހާލު ބައްލަވަމުން
........................... ދުރާގާތުން އަޅަށް ހެޔޮގޮތް އަބަދުވެސް ދެއްވަވާފާނދޭ
ހިތާނިޔަތުން ދުލާ ސިކުނޑިންވެވޭ އަޅުކަން މިދުނިޔޭގައި
........................... ހިތާ ނަފްސުން ކުރާ ހެޔޮހާ ދުޢާތައް އައްސަވާފާނދޭ
ހަލާކުގެ އަނދަވަޅުން ނާމާން ރެކޭނޭ ހިކުމަތެއް ދެއްވައި
........................... ބަލާ އާފާތްތަކުން މިންޖުވެ އުޅެން މަގުފަހި ކުރައްވާނދޭ
އަނދާ ހުޅުރޯވެގެން ޖިސްމާ އުދާހުގެ ގަދަ ގިނީގެ ތެރޭން
........................... އަނދާ އަޅިޔަށްވެ ނުދަނީސް ހެޔޮގޮތެއް މިންވަރު ކުރައްވާނދޭ
ދެވޭ ހަމަލާގެ ތީރުތަކުން ބެދޭ ނޭވާ ހަށީގެތެރޭން
........................... ލެވޭނޭ ފަހިގޮތެއް ދުނިޔޭން އަޅަށް މިންވަރު ކުރައްވާނދޭ
ދެދުނިޔޭން އެދި ހެވާ ރަހުމަތް ދުޢާ ކުރަމޭ ތަވައްޖުހުގައި
........................... ދެދުނިޔޭން ނިޢުމަތާއި ސަޢާދަތާ މިންވަރު ކުރައްވާނދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








ފާތިމަތު ސަޢީދު، ޗަމްޕާޕޫލުމާގެ، ސ. ހިތަދޫ