އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްޖިދުލްއަޤްޞާގެ ހިމާޔަތުގައި ދުނިޔޭގެ ލީޑަރުން ދެއްވާ އެއްބާރުލެއްވުމަށް ސައުދީ ރަސްގެފާނު ޝުކުރު އަދާކުރައްވައިފި

މަސްޖިދުލްއަޤްޞާގެ ހިމާޔަތުގައި ދުނިޔޭގެ ލީޑަރުން ދެއްވާ އެއްބާރުލެއްވުމަށް ސައުދީ ރަސްގެފާނު ޝުކުރު އަދާކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

މުސްލިމުންގެ 3 ވަނަ ޙަރަމްފުޅު، މަސްޖިދުލްއަޤްޞާގެ ހިމާޔަތުގައި ދުނިޔޭގެ ލީޑަރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ޝުކުރު އަދާކުރައްވައިފިއެވެ.

ސައުދީ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަސްޖިދުލްއަޤްޞާގެ ހިމާޔަތުގައި އަދި އެ ޙަރަމްފުޅަކީ ބިރެއް ނެތި މުސްލިމުންނަށް ނަމާދުކުރެވޭ ތަނަކަށް ހެއްދެވުމަށް ސަލްމާން ރަސްގެފާނު ގެންދަވަނީ ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށެވެ.

މުސްލިމުން މަސްޖިދުލްއަޤްޞާއަށް ވަނުމަށް ދަތިކުރުމުގެ ގޮތުން އިޒްރޭލުން ބެހެއްޓި "މެޓަލް ޑިޓެކްޓަރު"ތައް ނެންގުވުމަށް ސަލްމާން ރަސްގެފާނު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވި ކަމަށްވެސް ބަޔާނުގައިވެއެވެ. އަންގާރަ ދުވަހު ވަނީ އެތަކެތި ނަގައި އެންމެ ޒަމާނީ ސަރވޭލާންސް ކެމެރާތައް ހަރުކޮށްފައެވެ.

މިކަމުގައި އެމެރިކާގެ ރައީސް ޓްރަމްޕުގެ އެހީތެރިކަން ޙޯއްދެވިކަން ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކަކީ މުސްލިމް ޤައުމުތައް ނަމަވެސް ދުނިޔޭގައި މިއަދު މުސްލިމުންނަކީ އެއްވެސް އާރެއް ބާރެއް ނެތް ބައެއްކަމާއި އެމެރިކާ އާއި ރަސިއާ ފަދަ ބާރެއްގެ އެހީގައި ނޫނީ ނޭވާވެސް ލެވެންނެތްކަން މި ބަޔާނުންވެސް ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް