އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބުޅަލަކަށް ނަމާދުކޮށްދިން މީހާގެ ވާހަކަ

ބުޅަލަކަށް ނަމާދުކޮށްދިން މީހާގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ގޭގައި ނަމާދުކުރަން ހުރި މީހެކެވެ. ނަމާދުކުރަން ހުއްޓައި ދޮރުހުޅުވާފައި މީހަކު ވަންކަން އޭނާއަށް އިޙްސާސްކުރެވުނެވެ. އެއާއިއެކު އޭނާ ނަމާދު ކުރަމުން އައި ގޮތް ބަދަލުކުރިއެވެ.

ނަމާދު އިތުރަށް ފުރިހަމަކުރިއެވެ. އަވަސްއަވަސް ކޮށްލާފައި ނަމާދުކުރުމުގެ ބަދަލުގައި ރުކުންތައް އަދާކުރުމުގައި ވަގުތު އިތުރުކޮށް ކިޔެވެލިތައް ދިގުކޮށް އޭނާއަށް ފުރިހަމަކުރެވޭނެ އެންމެ ފުރިހަމައަކަށް ނަމާދު ފުރިހަމަކުރިއެވެ.

ސަލާމް ދިނުމަށްފަހު ކޮޓަރިއަށް ވަނީ ކާކުތޯ ބެލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހޯދަމުން ދަނިކޮށް ފެނުނީ ބުޅަލެއް ވަދެއޮއްވައެވެ. އޭނާ ހިތަށް އެރިއެވެ. އަހަރެންނަށް މިކުރެވުނީ ކީއްހެއްޔެވެ؟ އަހަރެންނަށް މިހުރިހާ ކަންކަމެއް މިކުރެވުނީ މި ބުޅަލަށް ދައްކަންހެއްޔެވެ؟ ހާދަ ދެރައެވެ.

ނަމާދުކުރާއިރު ބަލަންވީ އެ މަންޒަރު ބަލަން ތިބި ބައަކަށް ނޫނެވެ. އެކަނި ކޮޓަރީގައި ހުރެގެން ކުރި ނަމަވެސް ވިސްނަންވީ ވީހައި ފުރިހަމައަށް ނަމާދުކުރުމަށެވެ. ތިމާކުރާ އަމަލުތައް، ކޮންމެ ތަނެއްގައި ހުރެ އަދި ކޮންމެ ވަގުތަކު ކުރި ނަމަވެސް މާތްﷲ ބައްލަވައި ވޮޑިގެންވަކަން ޔަޤީން ކުރާށެވެ. ތިމާކުރާ އަމަލުތަކަށް ޖަޒާ ދެއްވަވަނީ މާތް ﷲ ކަމާއި މަންޒަރު ބަލާ މީހުން ނޫންކަން ޔަޤީންކޮށްގެން ނަމާދުކުރުމުން ނޫނީ ނަމާދުގެ ފުރިހަމަ ސަވާބެއް ނުލިބޭނެއެވެ.

(އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދު ދެއްވެވި ސަރުސުން)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް