އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެކަމެއްގައި ހިފަހައްޓައިފިނަމަ ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރެވޭނެ!: ޙަދީޘް

ދެކަމެއްގައި ހިފަހައްޓައިފިނަމަ ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރެވޭނެ!: ޙަދީޘް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ނަމާދުކުރާއިރު ދެކަމެއްގައި މީހާ ހިފަހައްޓައިފިނަމަ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވޭނެއެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ހަދީޘްފުޅުން އެނގެން އޮތް ގޮތުގައި އެދެ ކަމަކީ މަރު ހަނދާން ކުރުމާއި މިއީ ތިމާއަށް ކުރެވޭނެ އެންމެ ފަހު ނަމާދުކަމަށް ވެދާނެކަން ހިތުގައި ބާއްވައިގެން ނަމާދުކުރުމެވެ.

ޚުޝޫއަތްތެރިކަމާއިއެކު ނޫނީ ނަމާދުކުރި ނަމަވެސް އެކަމުގެ ފައިދާ ފުރިހަމައަކަށް ނުލިބޭނެއެވެ. ނަމާދު ނަމާދަކަށް ވަނީ 3 ެކަމެއް ފުރިހަމަކުރުމުންނެވެ. އެއީ ބޭރުފުށުގެ އަމަލުތަކާއި ކިޔަވާ ކިޔެވުންތަކެވެ. ހަމައެއާއިއެކު ޚުޝޫއަތްތެރިކަމާއެކު ނަމާދުކުރުމުންނެވެ.



މީހަކު 60 އަހަރު ވަންދެން ނަމާދުކުރިނަމަވެސް އޭނާގެ އެއްވެސް ނަމާދެއް ފުރިހަމަނުވެ ހިނގައިދާނެއެވެ. ރުކޫއު ފުރިހަމަވާއިރު ސަޖިދަ ފުރިހަމަނުވެ ހިނގައިދާނެއެވެ. މިފަދަ އެތައް ކަމެއް މެދުވެރިވެދާނެއެވެ. އެކަންކަމުން ސަލާމަތްވެވޭނީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމުންނެވެ. ނަމާދުގައި ކިޔާތަކެތި ހިތަށް ގެނެސް މޮޅިވެރިކަމާއި އަދި ކިޔަމަންތެރިކަމާއެކު ނަމާދުކުރުމުންނެވެ.

ބައެއް މީހުން ނަމާދަށް އަރަނީ ދުނިޔަވީ ކަންތައްތައް ސިކުނޑީގައި ބަހައްޓައިގެންނެވެ. ނަމާދުކުރަނީވެސް އެކަންތައްތައް ސިކުނޑީގައި ބަހައްޓައިގެންނެވެ. އެގޮތަށް ނަމާދުކުރުމުން ނަމާދުން އެތައް ބައެއް އުނިވެގެންދާނެއެވެ.

ވިސްނާލަންވީ ކަމަކީ ކިތަންމެ ފިކުރެއް ކުރިނަމަވެސް ތިމާގެ ވިސްނުމުގައިވާ ކަންކަން ފުރިހަމަކޮށްދެއްވަވާ ނުވަތަ ހިންމަވައިދެއްވަވާ ފަރާތަކީ މާތް ﷲ ކަމެވެ. އެހެންކަމުން މަސައްކަތްކުރަންޖެހޭނީ ވީހައި ފުރިހަމައަށް ނަމާދުކުރުމަށެވެ. ނަމާދަށްފަހު މާތް ﷲ އަށް ދުޢާކޮށް އެދޭ ކަންކަން ހިންމަވައިދެއްވެވުމަށެވެ.

(މައުލޫމާތު: އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދު ދެއްވެވި ސަރުސުން)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް