އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދަށް ދަނީ ﷲ ގެ ދައުވަތަކަށް- ތުންތަޅުވާފަ ފޭބިއަކަސް ނަމާދުކުރިކަމަކަށް ނުވާނެ: ޑރ. ޝިހާމް

ނަމާދަށް ދަނީ ﷲ ގެ ދައުވަތަކަށް- ތުންތަޅުވާފަ ފޭބިއަކަސް ނަމާދުކުރިކަމަކަށް ނުވާނެ: ޑރ. ޝިހާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ވަޤުތު ޖެހުމުގެ ކުރިން ބައަކު ނަމާދަށް ގޮސް ތިބި ނަމަވެސް ނަމާދަށް ޢާންމުކޮށް ގޮސްއުޅެނީ ބަންގި ގޮވުމުންނެވެ. ބަންގިއަކީ މާތް ﷲ ގެ ޙަޟްރަތުން ނަމާދަށް ދިއުމަށް ލިބޭ ދައުވަތެކެވެ. ނަމާދަށް ދަނީ މާތް ﷲ ގެ ގެކޮޅަށެވެ. އެހެނީ މިސްކިތްތަކަކީ މާތް ﷲ ގެ ގެކޮޅުތަކެވެ. އަދި ނަމާދަށް ދަނީ މާތް ﷲ ގެ ދަޢުވަތަކަށް މާތް ﷲ އާއި ބައްދަލުކުރުމަށެވެ.

އެހެންވީމާ ނަމާދަށް ދާންވާނީ ތިމާ މިދަނީ ކޮންތަނަކަށްކަމާއި ކޮން ފަރާތެއްގެ ދައުވަތަކަށް ކަމާއި ކޮން ފަރާތަކާއި ބައްދަލުކުރަންކަން ތިމާއަށް ރަނގަޅަށް އެނގިހުރެއެވެ.



ނަމާދުގައި ކިޔާ ތަކެއްޗަކީ މާތް ﷲ އަށް ދަންނަވާ ދެންނެވުންތަކެކެވެ. ނަމާދުގައި މާތް ﷲ އަށް ޙަމްދުޘަނާ ކިޔަމުއެވެ. ބޭނުންވެގެން ތިބި ކަންތައްތަކަށް އެދެމުއެވެ. އެހެންކަމަށްވާއިރު ތިމާއަށް މި ދެންނެވީ ކޮން ކަންތައްތަކަކަށްކަން ތިމާއަށް ރަނގަޅަށް އެގެން ޖެހެއެވެ. ދަންނަވާ ދެންނެވުންތައް ހިތަށް ނުގެނެސް އެއްޗެތިތަކެއް ދުލުން ކިޔާފައި ނިންމައިލުމަކުން ނަމާދަކަށް ނުފުދެއެވެ.

މާތްﷲ ބައްލަވައި ވޮޑިގެންވަނީ ހިތްތަކަށެވެ. އެހެންވީމާ ހިތްތަކަށް މާތްﷲ ނުގެނެސް ދުނިޔަވީ ކަންތައްތައް ހިތުގައި ބާއްވައިގެން ފޮތްތަކުން ތިމާ ހިތުދަސްކޮށްގެން ހުންނަ ތަކެތި ދުލުން ކިޔައިލުމަކުން ނުފުދެއެވެ. ހިތުގައި ދުނިޔަވީ ކަންކަން ބާއްވައިގެން ނަމާދުކުރާނަމަ އެމީހާގެ ފޯކަސް އެވަނީ ގެއްލިފައެވެ.

ފޯކަސް ގެއްލުވާލައިގެން ނަގާ ފޮޓޯއަކުން މަންޒަރު ސާފުނުވާ ފަދައިންނެވެ. ނަމާދު ނަމާދަކަށް ހެދުމަށްޓަކައި ނަމާދަށް ފުރިހަމައަށް ފޯކަސްކުރަން ޖެހެއެވެ. އެކަން ކުރެވޭނީ ހިތާއި ދޫ ދިމާކޮށްގެންނެވެ. ދުލުން ކިޔާތަކެތި ހިތަށްވެސް ގެނެސްގެންެނެވެ.

(މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންެގެ މިސްކިތުގައި ޑރ. ޢަބްދުﷲ ޝިހާމް ދެއްވި ދަރުސްއިން)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް