އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުވާން ކުއްޖަކާ ކައިވެނިކުރަން ބަންގާޅަށް ދިއަ އުމުރުން ދުވަސްވީ ދިވެއްސަކު "މަރާލައިފި"

ޒުވާން ކުއްޖަކާ ކައިވެނިކުރަން ބަންގާޅަށް ދިއަ އުމުރުން ދުވަސްވީ ދިވެއްސަކު "މަރާލައިފި"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ޒުވާން އަންހެން ކުއްޖަކާއި ކައިވެނިކުރަން ބަންގާޅަށް ދިއަ އުމުރުން ދުވަސްވީ އައްޑޫ މީހަކު "މަރާލައިފި" ކަމަށް ބެލެވެއެވެ.

ބޯކޮށާ ފަތުހީ ގެ ނަމުން މަޝްހޫރުވެފައިވާ 11 ދަރިންގެ ބައްޕަ ބަންގާޅަށް ދިއަ ކަމަށް ބެލެވެނީ ލައްކައެއްހައި ރުފިޔާ ހިފައިގެންނެވެ. އޭނާ އައީ ކޮންމެ ދުވަހަކުހެން އާއިލާ އާއި ވާހަކަ ދައްކަމުންނެވެ.

ފަތުޙީ މަރުވިކަން ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީން މިއަދު ވަނީ ޢާއިލާއަށް އަންގައިފައެވެ.

ފަތުހީގެ އާއިލާގެ މީހަކު ބުނީ ޝައްކުކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ފުލުހުން ގެންދަނީ ތަޙްޤީޤް ކުރަމުން ކަމަށެވެ.

"އެބަބުނޭ އޭނާއަށް ހާޓްއެޓޭކެއް ޖެހުނީއޭ. ވަރަށް ގިނައިން ހޮޑުލިއޭ. ހާޓް އެޓޭކެއް ޖެހުނު މީހަކު އެވަރަށް ހޮޑުލާން ޖެހޭނެ ގޮތެއް ނުއެނގޭ. މީގެ އިތުރުން އެމީހުން ވަނީ ފަތުޙީގެ ހަށިގަނޑު ފުލުހުންނަށް ނުދައްކާ ހޮސްޕިޓަލުން ނެރެގެން ގެންގޮސް ވަޅުލާން މަސައްކަތްކޮށްފަ."

ދިވެހި ފުލުހުން ބުނެފައިވަނީ ބަންގްލަދޭޝްގައި ދިވެއްސަކު ނިޔާވެގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެކަން ބަލަމުން ގެންދާ ކަމަށެވެ.

Mީގެކުރިން ރައުދާގެ މަރާއި ގުޅިގެން 2 ފަހަރަށް ހެދި އޮޓޮޕްސީންވެސް އޭނާ މަރުވި ސަބަބު އޮޅުންފިލާފައި ނުވާއިރު ރައުދާ ވެސް މަރައިލީ ކަމަށް ބެލެވޭ ސަބަބުތައް އެބަހުރިކަން ވަނީ ހާމަވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް