އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައްޖާލުތަށް އަރައިގަނެ ވަށާލައިފި- ސަލާމަތްވޭ!

ދައްޖާލުތަށް އަރައިގަނެ ވަށާލައިފި- ސަލާމަތްވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ދައްޖާލުތައް އަރައިގަނެ އަހަރެމެން ވާށާލައިފިއެވެ. އަހަރެމެންނަށް އޮތީ ދައްޖާލުތަކުގެ ކިބައިން ސަލާމަތް ވުމަށް މަސައްކަތްކުރުމެވެ. މި ދުވަސް އަންނާނެ ކަމާއި ގިނަ އަދަދެއްގެ ދައްޖާލުތަކެއް ފާވާނެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ.

ދައްޖާލަކީ ކޮބައިހެއްޔެވެ؟ މުސްލިމުން އެމީހުންގެ ދީނާއި ދުރުކުރަން މަސައްކަތްކުރާ ކޮންމެ މީހަކީ ދައްޖާލެކެވެ. މުސްލިމުން އެމީހުންގެ ދީނާއި ދުރުކުރަން ކުރާ ކޮންމެ ކަމަކީ ދައްޖާލުންގެ މަސައްކަތެވެ.

ކަހްފް ސޫރަތް ކިޔަވާ މީހުންނަށް ލިބޭ ދެ ފައިދާގެ ތެރޭގައި ދައްޖާލުގެ ފިތުނައިން ސަލާމަތްވުން ހިމެނެއެވެ. އެއީ ހަމައެކަނި އެސޫރަތް ދުލުން ކިޔުމަކުން ނޫނެވެ. އެސޫރަތުގައިވާ ކަންކަން ދަސްކުރުމެވެ. އަދި އަމަލުވެސް ކުރުމެވެ.

ދަރުސްގައި ޝައިޚް މުފްތީ މެންކް ހުޅަނގުގެ ދޮގު މައުލޫމާތު ފަތުރާ މީޑިއާތައް ސިފަކުރައްވާފައިވަނީ ދައްޖާލުގެ ފިތުނައިގެ ގޮތުގައެވެ. މުސްލިމުން ކުރާ ކަންކަމުގެ ހަޤީޤަތް އޮޅުވާލައިގެން ހާމަކުރުމުން މީސްތަކުން އެއީ ތެދު ކަމުގައި ޤަބޫލުކުރާތީއެވެ.

ޝައިޚް މުފްތީ މެންކް ވިދާޅުވީ ދައްޖާލުގެ ފިތުނައިގެ ތެރެއިން ހުރިހާ އިލްމުވެރިން މަރައިލެވޭނެ ކަމަށެވެ. އަދި ޖާހިލުން ކަންކަމަށް އިސްކުރެވޭނެ ކަމަށާއި އެފަދަ ޖާހިލުން ދައްކާވާހަކަ މީސްތަކުން ތެދު ކަމުގައި ބަލައިގަންނަން ފަށާނެ ކަމަށެވެ.

"މިއަދުވެސް ފެންނަމުން މިދަނީ ހަމަ އެފަދަ މަންޒަރުތައް. ބާރުތައް ލިބިގަތުމަށްޓަކައި ބައަކު ދަނީ ޝައިޠާނާއަށް އަޅުކަންކުރަމުން. ދުނިޔޭގައި ކުޑަވަގުތުކޮޅަކަށްޓަކައި ބާރުވެރިވުމުގެ ބޭނުމުގައި އެގެންދަނީ ލޭ އޮހޮރުވައި މީހުން މަރަމުން."

ލަވަކިޔާމީހުންގެ 90 އިންސައްތަ މީހުން މިއަދު ކުރަމުން އެގެންދާ ކަމަކީވެސް ހަމައެފަދަ ކަންކަމެވެ. ދައްޖާލުގެ ފިތުނަ ފެތުރުމެވެ. "އެމީހުންގެ ނަންތަކަކީ މާތް ﷲ ގެ ގެކޮޅުތަކުގައި (މިސްކިތްތަކުގައި) ކިޔަން ހެޔޮވާނެ ނަންތަކެއް ނޫން. އެހެންވެ ނަންތައް ނުކީ ނަމަވެސް އަޅުގަނޑުމެންނަށް އެއީ ކޮންބައެއް ކަމާއި އެމީހުން ކުރާ ކަންތައްތައް ވަރަށް ރަނގަޅަށް އެނގޭ."

މިޒަމާނުގެ ޒަމާނީ ލަވަކިޔުންތެރިންނަކީ އިބިލީހުގެ އެޖެންޓުންނެވެ. އެމީހުންގެ އަމަލުތަކާއި އެމީހުން ކިޔާ ލަވަތަކުގައި ޝައިޠާނީ ބާރު ދަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ.


ގުޅުންހުރި ވީޑިއޯ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް