އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދަކީ ތިމާއާ ﷲ އާ ދެމެދު ކުރެވޭ ސީދާ މުޢާމަލާތެއް- ވަގުތުން މާތް ﷲ ބަސްފުޅު ވަހީ ކުރައްވާ މުޢާމަލާތެއް: ޑރ. ޝިހާމް

ނަމާދަކީ ތިމާއާ ﷲ އާ ދެމެދު ކުރެވޭ ސީދާ މުޢާމަލާތެއް- ވަގުތުން މާތް ﷲ ބަސްފުޅު ވަހީ ކުރައްވާ މުޢާމަލާތެއް: ޑރ. ޝިހާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

"ނަމާދަކީ ކުޑަކުޑަ ކަމެއް ނޫން- ތިމާ އާއި މާތް ﷲ އާ ދެމެދު ސީދާ ކުރެވޭ މުއާމަލާތެއް. އަލްޙަމްދުގެ އާޔަތްތައް ކިޔަވަމުން ގެންދާއިރު މާތް ﷲ 7 ވަނަ އުޑުގެ މަތިން ބަސް ވަޙީ ކުރައްވަވާ." ޑރ. ޝިހާމް

އެންެމެންވެސް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ބޭނުން ކަމަށާއި އެހެން ނަަމަވެސް މާތް ﷲ ގެ ޙަޟްރަތުން ދިންނެވުން ލިބި ސުވަރުގެ ލިބޭނީ ފުރިހަމަ މުއުމިނުންނަށް ކަމަށާއި ފުރިހަމަ މުއުމިނުންނަކީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރާ މީހުން ކަމަށް ޑރ. ޢަބްދުﷲ ޝިހާމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން ޑރ. ޝިހާމް ވިދާޅުވީ ކޮންމެ މުސްލިމަކީ ސުވަރުގޭގެ މަތިވެރި ނިއުމަތަށް އެދޭ މީހެއް ކަމަށެވެ. ޚިޔާލު ތަފާތުވެގެން އުޅެނީ ސުވަރުގެ ލިބިގަތުމަށް ދަތުރުކުރާ މަގާއިމެދުގައި ކަމަށެވެ.

"ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އެމީހަކަށް ވަގުތުވުމުން ނަމާދުކޮށްލުމުން ފުދުނީއެވެ. ކުރެވުނު އަދަދަކަށް ނަމާދުކުރުމުން ވެސް ފުދޭނެއެވެ.

ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. ފަރުޟު ވެގެންވާ 5 ނަމާދު ފުރިހަމައަށް އަދާނުކޮށް ސަލާމަތްކަމެއް ނެތެވެ."

ޑރ. ޝިހާމް ވިދާޅުވީ "ހައްޔަޢަލަލްފަލާޙް"ގެ އަޑު އިވުމުން މިސްކިތަށް އަރައި ހަރަކާތްތަކެއް ކޮށްލުމުން ނުފުދޭނެ ކަމަށާއި ނަމާދު ނަމާދަކަށް ވާނީ އެކަންކުރަންޖެހޭ ފުރިހަމަ ގޮތުގައި ނަމާދުކުރުމުން ކަމަށެވެ.

ޑރ. ޝިހާމް ވިދާޅުވީ "ތިމަން މިހިރީ މާތް ﷲ އަށް އީމާން ވެގެންނޭ، ޝަހާދަތް ކިޔަމޭ، ތިމަންނަގެ ހިތް ދެނެވޮޑިގެންވަނީ މާތްﷲ" ކަމަށް ބުނެ ބައެއް މީހުން ނަމާދަށް ފަރުވާ ކުޑަކުރާ ކަމަށާއި ނަމަވެސް އެވަރުން ނުފުދޭނެ ކަމަށެވެ.

ޑރ. ޝިހާމް ވިދާޅުވީ ސުވަރުގެ ލިބޭނެ މީހުން އަލްމުއުމިނޫން ސޫރަތުގައި ބަޔާން ކުރައްވަވާފައިވާ ކަމަށެވެ. (އާޔަތް 9- 10- 11- އެއުރެންނީ އެއުރެންެގެ ނަމާދުތަކަށް ރައްކައުތެރިވާ މީހުންނެވެ. (ހެޔޮކަން) ވާރުތަވާ މީހުންނަކީ ހަމައެއުރެންނެވެ. އެއުރެންނީ ފިރުދައުސް އޭ ކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެއުރެން އެތަނުގައި އަބަދަށް (ދާއިމަށް) ދެމިތިބޭހުއްޓެވެ.)

ޑރ. ޝިހާމް ވިދާޅުވީ ކީރިތި ޤްރްއާން ގިނައިން ކިޔަވާނަމަ ޚުޝޫޢަތްތެރިކަން އިތުރުވާނެ ކަމަށެވެ. އެހެންކަމުން ޚުޝޫޢަތްތެރިކަމަށް އެދޭ މީހާއަކީ ގިނަގިނައިން ކީރިތި ޤްރްއާން ކިޔަވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

"ތިއަބޭފުޅުން ވިސްނަވާ- ވެރިއެއްގެ ދައުވަތަކަށް ހިނގައްޖެނަމަ މަޑުމައިތިރިވޭ. ދައްކާ ވާހަކައަށް ސަމާލުކަންދޭ. މިސްކިތަކީ އެންމެ މަތިވެރި ފަރާތް، އެއީ މާލިކުލްމުލްކް، މާތް ﷲ ގެ ގެކޮޅު. އެތަނުގައި ކުރެވޭ އެންމެ މަތިވެރި އަޅުކަމަކީ ނަމާދު. ވީމާ ނަމާދުގައި ކިޔާ ތަކެއްޗަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ." ކަމަށްވެސް ޑރ. ޝިހާމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް