އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދަށް ހުރެ ނަމާދުން ބޭރު ހަރަކާތްތައް ކުރެވެނީ ކީއްވެ؟ ސަލާމަތް ވެވިދާނެ!

ނަމާދަށް ހުރެ ނަމާދުން ބޭރު ހަރަކާތްތައް ކުރެވެނީ ކީއްވެ؟ ސަލާމަތް ވެވިދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ބައެއް މީހުން ނަމާދަށް ތިބެ ގައިގެ ތަންތަން އެތައް ފަހަރަކު ކަހައެވެ. ބައެއް މީހުން ތުނބުޅި ވިނަވައިވެސް ހަދައެވެ. ނަމާދަށް ހުންނައިރު ނަމާދުން ބޭރުން ކުރަންޖެހޭނީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެންމެ މަދު މިންވަރަކަށެވެ. ނަމާދަށްހުރެ އިތުރު ޙަރަކާތްތައް ކުރުމަކީ ނަމާދު ބާޠިލްވެދާނެ ކަމެކެވެ.

ނަމާދަށް ހުރެ އިތުރު ހަރަކާތްތައް އެއްވެސް ބެލުމެއް ނެތި ކުރާ ބައަކުވެސް އުޅެއެވެ. އެގޮތަށް އެފަދަ ކަންކަން ކުރަނީ ތިމާގެ ހިތުގެ އީމާންކަން ކުޑަކަމުންނެވެ. އީމާންކަން ވަރުގަދަ ނަމަ މިފަދަ ކަންކަމަށް އިތުރު ސަމާލުކަން ދޭނެއެވެ.

ނަމާދަށް ހުންނައިރު ތިމާ މިހުންނަނީ ކޮންތަނެއްގައިކަން އަބަދުވެސް ހިތުގައި ބާއްވާށެވެ. އެތަނަށް އަޅުގަނޑުމެން މިސްކިތޭ ކިޔައި އުޅުނު ނަމަވެސް އެއީ ބިންމަތީގައި ހުރި މާތް ﷲ ގެ ގެކޮޅެވެ. މާތް ﷲ ގެ ކޮޅަށްވުރެ މާތްތަނެއް މި ބިންމައްޗަކު ނުހުންނާނެއެވެ. އެހެންވީމާ އެކަން އަބަދުވެސް ހިތުގައި ބާއްވާށެވެ.

ހަމައެއާއިއެކު ނަމާދުގައި މާތް ﷲ އަށް ދަންނަވާ ދެންނެވުންތައް ހިތަށް ގެންނާށެވެ. ކިޔާ ތަކެތީގެ މާނަ ހިތަށް ގެންނާށެވެ. ތިމާ ދަންނަވާ ދެންނެވުންތައް މިދަންނަވަނީ އެއްވެސް ހުރަހެއް ނެތި މާތް ﷲ އަށް ހިތަށް ގެންނާށެވެ.

ނަމާދު ނަމާދަކަށް ވާނީ ނަމާދުގެ ގޮތުގައި ކުރުމުންނެވެ. އެގޮތަށް ނަމާދުކުރެވޭނީ ނަމާދުގައި ހުންނައިރު އެހެން ކަންކަމަށް ނުވިސްނައި ހުރިހާ ސަމާލުކަމެއް ނަމާދަށް ދީގެންނެވެ. ދުނިޔަވީ ކަންތައްތަކަށް ވިސްނުމުން ދުރުހެލިވެގެންނެވެ.

(ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޑރ. ޢަބްދުﷲ ޝިހާމް ދެއްވި ދަރުސުން)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް