އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒިމްބާބްވޭގެ ރައީސްކަމުގެ ހުވާ ނަންގަގްވާ ކުރައްވައިފި

ޒިމްބާބްވޭގެ ރައީސްކަމުގެ ހުވާ ނަންގަގްވާ ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ޒިމްބާބްވޭގެ ރައީސްކަމުގެ ހުވާ، ކުރީގެ ނައިބު ރައީސް އެމާސަން ނަންގަގްވާ ކުރައްވައިފިއެވެ.

ޒިމްބާބްވޭގެ ރައީސްކަމުން މުގާބޭ އިސްތިއުފާދިނުމާއެކު، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބާ ޖެހެންދެން އެ ޤައުމުއްގެ ރައީސެއްގެ ގޮތުގައި ހުރުމަށް އައްޔަންކުރީ މީގެ ދެ ހަފުތާކުރިން ނައިބު ރައީސްގެ މަޤާމުން މުގާބޭ ދުރުކުރި އެމާސަން ނަންގަގްވާއެވެ.

ނަންގަގްވާ، ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތީ އެ ޤައުމުގެ ވެރިރަށް ހަރާރޭގެ މައި ސްޓޭޑިއަމެއްގައެވެ. އެ ރަސްމިއްޔާތަށް އައުމަށް ސަރުކާރުން ގޮވާލުމުން ޒިންބާބްވޭގެ ގިނަ އަދަދެއްގެ ރައްޔިތުން އެ ތަނަށް ޖަމާވިއެވެ. އޭގެ އިތުރުން، އެފްރިކާގެ ގިނަ ޤައުމުތަކެއްގެ ވެރިން ވަނީ އެ ރަސްމިއްޔާތަށް ވަޑައިގެންފައެވެ.

ނަންގަގްވާގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް މުގާބޭ ވެސް ވަޑައިގަންނަވާނެ ވާހަކަ ކުރިން އެ ޤައުމުގެ ރަސްމީ ޓީވީން އެންގި ނަމަވެސް އެ ރަސްމިއްޔާތަށް މުގާބޭ ވަޑައިނުގަންނަވައެވެ. ޚަބަރުތައް ލިބިފައިވާ ގޮތުން، މުގާބޭ އަރާމުކުރައްވަން ޖެހިވަޑައިގަންނަވާތީ ރަސްމިއްޔާތަށް ނާދެވުނީ ކަމަށް މުގާބޭގެ ޢާއިލާއިން ބުނެފައިވާ ކަމަށެވެ.

ނަންގަގްވާއަށް ރައީސްކަމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ލޫކް މަލާބާއެވެ.

މުގާބޭގެ ވެރިކަން ނިމި، ރައީސްކަމުގެ ހުވާ ނަންގަގްވާ ކުރެއްވުމާ ގުޅިގެން ޒިމްބާބްވޭގައި ގިނަ އަދަދެއްގެ މީހުން ދަނީ އުފާފާޅުކުރަމުންނެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް