އެންޖެލީނާ ޖޮލީ އާއި ވައްތަރުވުމަށް 50 ސަރޖެރީ ހެދުމުންވެސް މީހުން ބުނީ ވައްތަރީ ގަބުރަކާ ކަމަށް!

އެންޖެލީނާ ޖޮލީ އާއި ވައްތަރުވުމަށް 50 ސަރޖެރީ ހެދުމުންވެސް މީހުން ބުނީ ވައްތަރީ ގަބުރަކާ ކަމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

އިރާނަށް އުފަން އުމުރުން 19 އަހަރުގެ ސަހަރް ތަބާރް ބޭނުންވީ އޭނާއަށް އެންމެ މަޤްބޫލު ހޮލީވުޑް އެކްޓްރެސް އެންޖެލީނާ ޖޮލީ އާއި ވައްތަރު ވާށެވެ.

އެކަމަށްޓަކައި ސަހަރް ވަނީ 50 ޕްލާސްޓިކް ސަރޖެރީ ވެސް ކޮށްފައެވެ.ބެލްޖިއަމް ގެ ވެބްސައިޓެއް ކަމަށްވާ ސަޑް އިންފޯ އިން މައުލޫމާތު ދީފައިވާ ގޮތުގައި ސަހަރް ވަނީ މީގެ ދުވަސްތަކެއް ކުރިން 50 ސަރޖެރީ ކޮށްފައެވެ. އަދި ބަރުދަނުގައި 40 ކިލޯ ބެހެއްޓުމަށް ވެސް ސަހަރް މަސައްކަތް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ސަހަރް އަކީ އިސްކޮޅުން ކުރު މީހަކަށްވުމުން، 40 ކިލޯ ހުރުމަކީ އޭނާއަށް ސިއްޙީ ގޮތުން ގެއްލުންހުރި ކަމެއް ކަމުގައިވެސް ބުނެފައިވެއެވެ.

ސަހަރްގެ މިސަރޖެރީތަކުގެ ސަބަބުން ކުޑަ ވަގުތުކޮޅެއް ތެރޭގައި 308،000 އެއްހާ މީހުންވަނީ އިންސްޓަގްރާމުން އޭނާ ފޮލޯ ކުރަން ފަށާފައެވެ. ނަމަވެސް ގިނަ މީހުން އޭނާގެ ސިފައަށް ޖޯކު ޖަހާ މަލާމަތްކޮށް އޭނާ ހީވަނީ ގަބުރެއް (ޒޮމްބީ) އެއްހެން ކަމަށް ބުނެފައިވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ