އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގެ އޮޑިޝަން ރ.އުނގޫފާރުގައި ފަށައިފި

މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގެ އޮޑިޝަން ރ.އުނގޫފާރުގައި ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ރާއްޖޭގައި ބޭއްވޭ އެންމެ އަގުހުރި ލަވަކިޔުންތެރިންގެ ޝޯއެއް ކަމަށްވާ 'މޯލްޑިވިއަން އައިޑޮލް' ގެ ތިންވަނަ ސީޒަންގެ އޮޑިޝަން ރ.އުނގޫފާރު ސްކޫލްގައި މިއަދު ފަށައިފިއެވެ.

މާދަމާގެ ނިޔަލަށް އުނގޫފާރު އޮޑިޝަން ކުރިއަށްގެންދާއިރު، އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ވަގުތުތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފައިވެއެވެ. އެ ގޮތުން 30-16 އަހަރާ ދެމެދުގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ.

މިއީ މޯލްޑިވިއަން އައިޑޮލްގެ މި ސީޒަނުގައި ބާއްވާ ދެވަނަ އޮޑިޝަނެވެ. މި ސީޒަނުގެ ފުރަތަމަ އޮޑިޝަން ބޭއްވީ އައްޑޫ ސިޓީގައެވެ. އަދި ވެރިރަށް މާލޭ ސިޓީގައި ވެސް އޮޑިޝަން ބާއްވާނެއެވެ. މި ސީޒަނުގެ އޮޑިޝަންތައް ބާއްވާގޮތަށް ހަމަޖެހިފައިވަނީ މި ތިން ސަރަހައްދުގައެެވެ.

މޯލްޑިވިއަން އައިޑޮލްގެ މި ސީޒަނުގައި ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ މިދިޔަ ދެ ސީޒަނުގައި ވެސް ފަނޑިޔާރުކަންކުރި މަރިޔަމް އުނޫޝާ (ކިޑީ)، ފުރަތަމަ ސީޒަނުގައި ފަނޑިޔާރުކަންކުރި އަހުމަދު އިބްރާހިމް (އައްމަޑޭ)، ސީޒަން ދޭއްގައި ފަނޑިޔާރުންގެ ޕެނަލްއާ ގުޅުނު އިސްމާއިލް އައްފާން، އަދި މުޅިން އަލަށް ޕެނަލްއާ ގުޅުނު ޒަރާ މުޖުތަބާއެވެ.

ކުރީ ދެ ސީޒަނުގައި ވެސް ފެނުނު މޫސާ ވަސީމަކީ މި ސީޒަނުގައި ވެސް އައިޑޮލްގެ ފިރިހެން ހޯސްޓެވެ. އަންހެން ހޯސްޓަކީ މުޅިން އަލަށް ގުޅުނު ޝައިނާ ޝަރީފެވެ.

މި ފަހަރު ވެސް އައިޑޮލްގެ ޓައިޓަލް ސްޕޮންސަރއަކީ ދިރާގެވެ. މެއިން ސްޕޮންސަރއަކީ އެލައިޑް އިންޝުރޭންސްއެވެ. ކޯ ސްޕޮންސަރއަކީ މި ފަހަރު ވިލާ ކޮލެޖެވެ.

މިހާތަނަށް މޯލްޑިވިއަން އައިޑޮލްގެ ދެ ސީޒަނެއް ބާއްވާފައިވާއިރު، ފުރަތަމަ ސީޒަން ކާމިޔާބުކުރީ ލައިޝާ ޖުނައިދެވެ. ދެވަނަ ސީޒަން ކާމިޔާބުކުރީ މުހައްމަދު ތަސްނީމް (ބޮބް) އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް