އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނުޝްކާ އާއި ވިރާތު އިޓަލީގައި މިއަދު ކައިވެނި ކޮށްފި

އަނުޝްކާ އާއި ވިރާތު އިޓަލީގައި މިއަދު ކައިވެނި ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ބޮލީވުޑް ގެ އެކްޓްރެސް އަނުޝްކާ ޝަރްމާ އާއި އިންޑިއާގެ ކުޅަދާނަ ކްރިކެޓަރ ވިރާތު ކޯހްލީ އިޓަލީގެ ޓަސްކެނީ ގައި މިއަދު ކައިވެނި ކޮށްފިއެވެ.

އެދެމީހުން ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވީ ނަމަވެސް ކުރިން އެންމެންނަށް ވެސް އެނގިފައި އޮތީ އެދެމީހުން ކައިވެނި ކުރަނީ 12 ޑިސެމްބަރ ގައި ކަމެވެ. ނަމަވެސް އަނުޝްކާ އާއި ވިރާތު، އާންމުކޮށް މީހުން ކިޔާ ގޮތުންނަމަ "ވިރުޝްކާ" މިވަނީ މުޅި ދުނިޔެވެސް ސިއްސުވާލާ، މިއަދު ކައިވެނި ކޮށްފައެވެ.

މީޑީއާ ރިޕޯޓުތަކުން ބުނާގޮތުގައި ވިރުޝްކާ ކައިވެނި ކޮށްފައިވަނީ ވަރުގަދަ ސެކިއުރިޓީ އަކާއިއެކު ޓަސްކަނީ ގެ ރިސޯޓެއްގައެވެ. އެމީހުންގެ ކައިވެނި ކުރެވުނު ވަގުތު، ދައުވަތު އެރުވިފައިވާ ފަރާތްތަކަށް ނޫނީ އެތަނަށް ނުވަދެވޭ ގޮތް ވެސް ވަނީ ހަދާފައެވެ.

އިޓަލީގައި ކައިވެނި ކުރެވުނު ކަމުގައި ވިޔަސް، އެދެމީހުންގެ ކައިވެނީގެ ރިސެޕްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާ ގައެވެ. ނަމަވެސް ބާއްވަނީ އެންމެ ރިސެޕްޝަނެއް ނޫން ކަމަށާއި، ދެ ރިސެޕްޝަނެއް ކަމަށް އަނުޝްކާ ގެ ތަރުޖަމާނު ވަނީ ބުނެފައެވެ.

އެގޮތުން އެއް ރިސެޕްޝަން ބާއްވަނީ މިމަހުގެ 21 ވަނަ ދުވަހު ވިރާތު ގެ އުފަން ރަށް ކަމުގައިވާ ނިއު ދިއްލީ ގައެވެ. ދެވަނަ ރިސެޕްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ރައްޓެހިންނާއި އެކުގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. އެއީ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު މުމްބައި ގައެވެ.

ވިރުޝްކާ ދިރިއުޅޭނީ މުމްބައިގެ ވޯރްލީ ގައި އެމީހުން އަލަށް ގަނެފައިވާ އެޕާޓްމެންޓުގައި ކަމަށް ވެސް ރިޕޯޓުތަކުން މައުލޫމާތު ދީފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ