އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިލްމް ޑައިރެކްޓަރު އަދި އެކްޓަރު ނީރަޖް ވޯރާ މަރުވެއްޖެ

ފިލްމް ޑައިރެކްޓަރު އަދި އެކްޓަރު ނީރަޖް ވޯރާ މަރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

އިންޑިއާގެ ފިލްމް ޑައިރެކްޓަރު އަދި އެކްޓަރެއް ކަމަށްވާ ނީރާޖް ވޯރާ ރޭ ފަތިހުގެ ވަގުތެއްގައި މަރުވެއްޖެއެވެ.

އުމުރުން 54 އަހަރުގައި ނީރަޖް މަރުވެފައިވަނީ މިދިޔަ އަހަރުތެރޭގައި ޖެހުނު ހާޓް އެޓޭކެއްގެ ސަބަބުން ކޯމާގައި އަހަރެއްހާ ދުވަހު އޮތުމަށް ފަހުއެވެ.

އިންޑިއާގެ ޕްރޮޑިއުޝަރެއް ކަމަށްވާ އަޝޯކް ޕަންޑިތް މީޑިއާތަކަށް ޚަބަރުދީފައިވާ ގޮތުން، ނީރަޖް ކޯމާގައި ފިރޯޒް ނަދިއަދްވާލާގެ ގޭގައި ބާއްވާފައި އޮށްވާ، ފަތިހު އޭނާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން ހޮސްޕިޓަލަށް އޭނާ ގެންދިޔަކަމަށެވެ. އަދި ނީރަޖް އޭނާގެ ފަހު ނޭވާލީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންކަމަށެވެ.

'ގޯލްމާލް' އާއި 'ހިރާ ޕޭރީ' ފަދަ ހެއްވާ މަޖާ ފިލްމްތަކުގެ ސްކްރީން ޕްލޭ ވެސް ލިޔެފައިވާ ނީރަޖް ވަނީ 'ޕިރް ހީރާ ޕޭރީ' އާއި 'ކިލާޑީ 420' ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައެވެ.

ނީރަޖް އެކްޓިންކޮށްފައިވާ ފިލްތަކުގެ ތެރޭގައި ރަންގީލާ، އެކޭލޭ ހަމް އަކޭލޭ ތުމް، މަން، ސަތްޔާ، މަސްތު، ޕުކާރު، އަދި 2015 ވަނަ އަހަރު ނުކުތް ވެލްކަމް ބެކް ފާހަގަކޮށްލެވެއެވެ.

ނީރަޖް ކޯމާގެ ތެރެއަށް ދިޔައީ ހިރާ ޕޭރީގެ ތިންވަނަ ފިލްމުގެ މަސައްކަތް ފަށާނެކަމަށް އޭނާ އިއުލާންކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު