އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަަގަނޑު ސޫކީ ދުނިޔޭގެ ބޮލުގަ ތާކިހާ އަޅުވަނީ- ސިފައިން ރޮހިންޔާ މީހުންގެ ގެދޮރު އަންދަނީ: އދ

ދަަގަނޑު ސޫކީ ދުނިޔޭގެ ބޮލުގަ ތާކިހާ އަޅުވަނީ- ސިފައިން ރޮހިންޔާ މީހުންގެ ގެދޮރު އަންދަނީ: އދ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ބަންގްލަދޭޝްގައި ތިބި ރޮހިންޔާ މުސްލިމުން އަނބުރައި މިޔަންމާއަށް ގެބންދިއުމުގެ އެއްބަސްވުމުގައި މިޔަންމާ އިން ސޮއިކުރި ހަފްތާގައި ރޮހިންޔާ މުސްލިމުންގެ އިތުރު ގެތަކެއް އަންދާލާފައިވާ ކަމަށް އދ އިން ބުނެފިއެވެ.

އދގެ މަންދޫބު ބުނެފައިވަނީ އެ އެއްބަސްވުމުގައި ދަގަނޑު ސޫކީގެ ސަރުކާރުން ސޮއިކުރީ ސަރުކާރުގެ އިޚްލާޞްތެރިކަން ދެއްކުމުގެ ގޮތުން ކަމަށެވެ. އެއްވެސް ރަނގަޅު ކަމެއް ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

އދ ގެ ފަރާތުން ޑިރެކްޓަރ ބްރެޑް އެޑަމްސް ވިދާޅުވީ ރޮހިންޔާ މުސްލިމުންނަށް ސަލާމަތްކަން ދޭނެ ކަމަށާއި އެމީހުން އަނބުރައި ރާކިން ސްޓޭޓަށް ގެންނާނެކަމަށް ބުނެ ސޮއިކުރިތާ ހަފްތާއެއްގެ ތެރޭގައި އިތުރުގެތަކެއް އަންދައިލުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މި އެއްބަސްވުމާއި ގުޅިގެން ގްރޫޕުތަކުން ބުނެފައިވަނީ ރާކިން ސްޓޭޓްގައި އިތުރު ކޭމްޕެއް ނުޖެހޭނެ ކަމަށާއި ހަމަ އެކަކުވެސް އަނބުރައި ނުގެނެވޭނެ ކަމަށެވެ.

ޑޮކްޓަރސް ވިތްއައުޓް ބޯޑަރސް އިން ބުނެފައިވަނީ ދަގަނޑު ސޫކީގެ ސިފައިންނާއި ހާމުދުރުން ހިންގި ހަމަނުޖެހުންތަކުގައި 7000 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން މަރާލާފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް